ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2019/50
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 11:49
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
12 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް އޮފް ރިލިޖަސް ޗާންޓިންގ އެންޑް ސޫފީ މިއުޒިކް

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އިން އިންތިޒާމްކުރައްވައިގެން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ން 27 އަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް އޮފް ރިލިޖަސް ޗާންޓިންގ އެންޑް ސޫފީ މިއުޒިކް "ސަމާ" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށެވެ. މި ގުރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ އަދި މެޑިކަލް އިންޝުއަރެންސް އާއި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ގްރޫޕްއަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3344667 ނަންބަރު ފޯނަށެވެ.

30 ޖުލައި 2019