ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2019/12
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 19 އޮގަސްޓް 2019 12:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކޯރޕަރޭޓް ޓްރޭނިންގ ޕްރޮގްރާމް ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުމަށް

އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯރޕަރޭޓް ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންދާނެ ފެސިލިޓޭޓަރުންގެ ޕޫލެއް އުފައްދަން ބޭނުންވެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މިކުންފުނިން ކުރިއަށްގެންދާ ކޯރޕަރޭޓް ޓްރޭނިންގ ޕްރޮގްރާމްތަކުގެ ސެޝަން ނަގައިދިނުން. 

މަސައްކަތުގެ އަގު

ގަޑިއަކަށް ވާވަރު ކަނޑައަޅާނީ ކުންފުނިން

މަސައްކަތް ކުރަންޖެހޭ ތަން

މާލެ އަދި އަތޮޅުތެރެ

ތަޢުލީމާއި ތަޖުރިބާ

  • ބިޒްނަސް މެނޭޖްމަންޓް، މާރކެޓިންގ، އެޗް.އާރ.، ޕަބްލިކް ރިލޭޝަންސް ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުން.
  • މި ދާއިރާއާއި ގުޅޭ ތަމްރީނެއް ފުރިހަމަކޮށްފައިވުން.
  • މިފަދަ ސެޝަންތައް ފެސިލިޓޭޓްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.
  • އިނގިރޭސި އަދި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަދައްކަން، ލިޔަން އަދި ކިޔަން އެނގުން.
  • މި މަސައްކަތްތަކަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ (ޕަވަރަ ޕޮއިންޓް ޕްރެޒެންޓޭޝަން) ބޭނުންކުރަން އެންގުން.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި އަދި ގިނަބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުން.
  • އަތޮޅުތަކަށް މި މަސައްކަތާ ގުޅިގެން ދަތުރުކުރުމަށް އުޒުރުވެރި ނުވުން.

މި މަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ ބަޔާންކޮށް ވަނަވަރު
  • އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ދިވެހިރާއްޖެއިން ބޭރުން ތަޢުލީމް ހާސިލްކޮށްފައިވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ (މުއްދަތު ހަމަނުވާ)
  • ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

 

ވީމާ، ޕްރޮގްރާމްތައް ފެސިލިޓޭޓްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކުންފުނީގެ އޮފީހަށް (ކިންގ ފަހުދް ބިލްޑިންގ) މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 19 އޯގަސްޓް 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވާ ލިޔުންތައްވެސް ބަލައިގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022161 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

26 ޒުލްޤައިދާ 1440

29 ޖުލައި 2019

29 ޖުލައި 2019