ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2019/39 )
އިޢުލާން
2019 ވަނަ އަހަރުގެ އެޗްއެސްސީ އާއި އެސް އެސް ސީ އިމްތިޙާނުގެ އިދާރީ މަސައްކަތްކުރާނެ އެސިސްޓެންޓް އޮފިސަރުން ހޯދުން
2019 ވަނަ އަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނާއި ، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ މާކިންގ ހޯލުގައި އިދާރީ މަސައްކަތް ކޮށްދޭނެ އެސިސްޓެންޓް އޮފިސަރުން ބޭނުންވެއެވެ.
އެޗް އެސް ސީ / އެސް އެސް ސީ
މަޤާމް: އެސިސްޓެންޓް އޮފިސަރ
ބޭނުންވާ ޢަދަދު: 12
އުޖޫރަ: މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 45.00 ރުފިޔާ
އެޗް އެސް ސީ
މުއްދަތު: އެޗް އެސް ސީ މާކިންގ ވޯކްޝޮޕް 2019 އޮކްޓޫބަރު 26 ން 29 ށް
އެޗް އެސް ސީ މާކިންގ 2019 އޮކްޓޫބަރު 31 ން ނޮވެންބަރު 13 ށް
އެސް އެސް ސީ
މުއްދަތު: އެސް އެސް ސީ މާކިންގ ވޯކްޝޮޕް 2019 ނޮވެންބަރު 25 ން 28 ށް
އެސް އެސް ސީ މާކިންގ 2019 ނޮވެންބަރު 30 ން ޑިސެންބަރު 16 ށް
ޝަރުޠު: ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.
ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު 2019 އޮގަސްޓް 21 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުން އެދެމެވެ.
- އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 15 މީހުންނާއެވެ.
- އެޕްލިކޭޝަންފޯމު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
25 ޛުލްޤައިދާ 1440
28 ޖުލައި 2019