ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2019/59
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 30 ޖުލައި 2019 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއަހަރުގެ ބައިނަލް އަޤްވާމީ ރަޙްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އަތުގުޅާލުމުގެ ހަރަކާތާއިގުޅިގެން މާލޭ ރިންގްރޯޑުގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވޭގޮތަށް ހަމަޖެއްސުން

2019 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ރަޙްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން އިންތިޒާމްކޮށްގެން ބާއްވާ އަތުގުޅާލުމުގެ ޙަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި 30 ޖުލައި 2019 ވަނަ ދުވަހުގެ ހަވީރު 04:30 ން 06:00 އަށް ރިންގްރޯޑުގައި އިންޖީނުލީ އެއްގަމް އުޅަނދު ނުދުއްވާގޮތަށް ހަމަޖައްސައިފީމެވެ. މިގޮތަށް ހަމަޖައްސަންޖެހުނީ ލާމަރުކަޒީ ޤާނޫނުގެ 42 ވަނަ މާއްދާގެ (ޖ) ގައިވާ ގޮތުގެމަތިން މާލޭ ސިޓީކައުންސިލުން ދޭންޖެހޭ ޚިދުމަތެއް ކަމުގައިވާތީއެވެ.

            ވީމާ، 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ ހަވީރު 04:30 އިން 06:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭ ރިންގްރޯޑުގައި  ދުއްވުމަކީ މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

  1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
  2. އެމްބިއުލެންސް
  3. ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަ ކުރެވިފައިވާ ސައިކަލް
  4. ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
  5. އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

                މިއެންގުމާއި ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި އަންގާ އިޢުލާން ކުރީމެވެ.

               26 ޛުލްޤައިދާ 1440

               29 ޖުލައި  2019

29 ޖުލައި 2019