ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2019/31
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 04 އޮގަސްޓް 2019 14:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

ހދ. ނޮޅިވަރަމުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާން (ނަމްބަރު: (IUL)264/PRIV/2019/7) އަށް ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓް ޢާންމުކޮށް ޝަކުވާ ހުށަހެޅުމަށް އިޢުލާންކުރަމެވެ.

ގޯއްޗަށްއެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވަނީ 2019 ވަނަ އަހަރު ގޯއްޗަށް އެދި ހުށަހަޅަން ކުރެވުނު އިޢުލާނާއިއެކު ޢާންމުކޮށްފައިވާ "ހދ.ނޮޅިވަރަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގެ އުސޫލް" ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިންކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އެޢުސޫލު މިއިޢުލާނާއެކު ޝާއިޢުކުރެވި، މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިހުންނާނެއެވެ.

ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ނުވަތަ ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި "ހދ. ނޮޅިވަރަމުން ދިރިއުޅުމަށްދޫކުރާ ގޯތިތަކުގެ ފޯމުތަކާއިގުޅޭ") ޖެއްސެވުމަށްފަހު ނޮޅިވަރަމް ކައުންސިލް އިދާރާއަށް، 04 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

29 ޖުލައި 2019