ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)451-FP/1/2019/30
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 05 އޮގަސްޓް 2019 13:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓް

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ

 


ކޮންސަލްޓަންޓެއް ހޯދުމަށް އެދި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ޓީޗަރ ރިސޯސް ސެންޓަރުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެތަންތަނުގެ މިހާރުގެ ހާލަތާއި ހުރި ގޮންޖެހުންތަކާއި ދަތިތައް ދެނެގަނެ މިހާރަށްވުރެ ރަގަޅު އަދި ހަރުދަނާގޮތެއްގައި އެ ތަންތަނުގެ ޚިދުމަތް ސްކޫލުތަކާއި ކޮމިއުނިޓީއަށް ފޯރުކޮށްދެވިދާނެ ގޮތްތަކަކީ ނުވަތަ މޮޑެލްއަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި މިދާއިރާގެ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ. މި މަޤާމަށް ހޮވޭ ފަރާތަކުން ކުރާ މަސައްކަތްތަކުގެ މައިގަނޑު މަޤްސަދަކަށްވާނީ، ދިވެހިރާއްޖޭގައި މިހާރު ހުރި ޓީޗަރ ރިސޯސް ސެންޓަރުތަކުން ޚިދުމަތް ދެވޭގޮތްތައް ދެނެގަތުމާއެކު ކަން އޮތްގޮތުގެ އެސެސްމެންޓް ރިޕޯރޓެއް އެކުލަވާލައި، އިތުރަށް ކުރިއަށް ގެންދަންވީގޮތުގެ ނުވަތަ ގޮތްތަކެއް ހިމެނޭ ކަރުދާހެއް ހުށަހެޅުމާއި، އަދި ޓީ.އާރު.ސީ ތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އަދި އެން.އައި.އީ އާއެކު ބައްދަލުވުމެއްބާއްވާ ޓީ.އާރު.ސީ ތަކުން ކުރިއަށްގެންދާނެ ޙަރަކާތްތަކުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމެވެ.

ތިރީގައި ބަޔާންކުރެވިފައިއެވަނީ މި ކޮންސަލްޓަންޓްގެ މަޤާމުގެ ސްޕެސިފިކޭޝަނާއި މައިގަނޑު މަސްއޫލިއްޔަތެވެ.

މަޤާމު:

ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:

01

އޮފީސް

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން  (ކ.މާލެ)

ދާއިރާ:

އެޑިޔުކޭޝަން

ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

45 ދުވަސް (ބަންދު ދުވަސްތައް ހިމަނައިގެން)

އުޖޫރަ:

75,000 (ހަތްދިހަ ފަސްހާސް) ރުފިޔާ

އުޖޫރަ ދެވޭނެ ގޮތް:

ޓީ.އޯ.އާރުގައި ވާ ޕޭމެންޓް ޝެޑިއުލްއާއެއްގޮތަށް

މަގާމްގެ ޝަރުތު:

  • އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން (ތަޢުލީމީ ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއަކުން) ޙާސިލުކޮށްފައިވުން.
  • މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ މަތީ ތައުލީމާގުޅޭ ދާއިރާއިން ލިބިފައިވުން
  • ރާއްޖޭގެ ތައުލީމީ ނިޒާމު ރޭވިފައިވާ ގޮތް ރަނގަޅަށް ދަންނަ މީހަކު ކަމުގައިވުން.
  • ޕޮލިސީ އަދި އެކްޝަން ޕްލޭން އެކުލެވުމުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ރާއްޖޭގައިހުރި ޓީޗަރ ރިސޯސް ސެންޓަރުތަކާގުޅޭ ސްޓޭކްހޯލްޑާރސް އަދި ކީ އިންފޯމަންޓްސް އާއެކު ފޯކަސް ގްރޫޕް މަޝްވަރާތަކާއި ބަސްދީގަތުންތައް ބޭއްވުން.
  2. ޓީޗަރ ރިސޯސް ސެންޓަރުތަކުގެ ޙަރަކާތްތަކުން ފައިދާ ވާނެ އާބާދީގެ މައިގަނޑު ގުރޫޕްތަކާއި މަޝްވަރާ ކުރުން. އަދި މިފަދަ ގުރޫޕްތަކުން ބޭނުންވަނީ ކޮންކަހަލަ ޕްރޮގްރާމްތަކެއްކަން ދެނެގަނެ އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެދެނީ ކޮން ގޮތްގޮތަކަށްކަން ދެނެގަތުމަށް މައުލޫމާތު ހޯދުން.
  3. ރަށު އަދި އަތޮޅު ކައުންސިލްތަކާއި މަޝްވަރާކޮށް ކައުންސިލްތަކުން ޓީޗަރ ރިސޯސް ސެންޓަރުތަކުގެ ރޯލާމެދު ދެކޭގޮތް ދެނެގަތުން
  4. މަޝްވަރާ ބައްދަލުވުންތަކުގެ ހޯދުންތަކާއި ލިޓަރޭޗަރ ރިވިއުގެ ޒަރީއާއިން ހޯދުނު ހޯދުންތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލުން. މި ރިޕޯޓުގައި ޓީޗަރ ރިސޯސް ސެންޓަރުތަކުން ޚިދުމަތް ފޯރުކޮށްދޭނެ ގޮތުގެ ރިކޮމެންޑޭޝަންސް ހިމެނިފައިވުން.
  5. ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަންއެއް މެދުވެރިކޮށް ހުށަހެޅުނު މޮޑެލް ނުވަތަ މޮޑެލްތައް ވެލިޑޭޓް ކުރުން.
  6. ހުށަހެޅުނު މޮޑެލް ނުވަތަ މޮޑެލްތައް ފައިނަލްވުމުން، ޓީޗަރ ރިސޯސް ސެންޓަރުތަކުގެ ދޮޅު އަހަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލުން.
  7. ޓީޗަރ ރިސޯސް ސެންޓަރުތަކުގެ މަސައްކަތާއިބެހޭ 2 ދުވަހުގެ ބައްދަލުވުމުގައި މި ކޮންސަލްޓަންސީ ގެ ދަށުން ތައްޔާރުކުރެވުނު ތަކެތި (ޑެލިވަރަބަލްސް) ހުށަހެޅުން.
  8. ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަނުން ލިބޭ ފީޑްބެކް ގެ އަލީގައި ޑެލިވަރަބަލްސް މުތާލިޢާކޮށް އެން.އައި.އީ އާއެކު ޑޮކިޔުމަންޓްސް ފައިނަލްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2019 އޯގަސްޓް05  ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެން.އައި.އީ އަށް

މާކްސްދާ ދެވޭނެގޮތް:

ތައުލީމަށް: 20 ޕޮއިންޓް

މަސައްކަތުގެ ތަޖުރިބާއާއި ހުނަރު: 55 ޕޮއިންޓް (ޓީ.އޯ.އާރުގައި މިބައިތަކުގެ ތަފްޞީލް ހިމަނާފައިވާނެ)

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ކޮންސަލްޓަންޓްގެ މަޤާމަށް އެދި ހުށަހަޅާ ސިޓީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ކުރިން މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ކޮންސަލްޓަންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ޓީއޯއާރ އަށް ބަލައި މަސައްކަތްކުރާނެގޮތުގެ ޝެޑިއުލް.

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • މަގާމަށް މީހަކު ހޮވުމަށް ޝޯޓުލިސްޓްކުރެވޭނީ މެރިޓަށް ބަލައިގެން އޭގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ 10 ކެންޑިޑޭޓެކެވެ.
  • ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒެއްގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް މި މަގާމަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، އެމަރުކަޒެއްގެ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
  • މަގާމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު (ޓީއޯއާރު އާއި މާރކްސް ދެވޭނެ ގޮތުގެ ކްރައިޓީރިއަރ) މިއޮފީހުގެ ވެބްސައިޓް ( www.nie.edu.mv) އިން ލިބެން ހުންނާނެއެވެ.
  • ރާއްޖޭގެ 6 ޓީ.އާރު.ސީ އަކަށް ކޮންސަލްޓަންޓް ކުރައްވާ ދަތުރުގެ ޚަރަދު ސަރުކާރުގެ އުޞޫލާއެއްގޮތްވާގޮތުގެމަތިން ހަޖައްސައިދެވޭނެއެވެ (ކޮންސަލްޓަންސީގެ އުޖޫރައިގެ ތެރޭގައި މިބައި ނުހިމެނޭނެއެވެ).

ގުޅުން ހުރި ލިންކްތައް:    https://nie.edu.mv/index.php/en/home-nie/forms/506-announcement-for-consultant-trc

 އިއުލާން ޓީ. އޯ. އާރު: https://nie.edu.mv/index.php/en/home-nie/forms/507-tor-for-consultant-to-assess-trcs-25-07-2019

މާކްސްދޭ ކްރައިޓީރިއާ: https://nie.edu.mv/index.php/en/home-nie/forms/508-evaluation-criteria-for-the-consultant-trc

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7908533 ނަމްބަރު ފޯނަށެވެ.

29 ޖުލައި 2019

 

 

 

 

 

29 ޖުލައި 2019