ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އިންޑޯރ ބެޑްމިންޓަން ކޯޓެއް އަޅައިދިނުމުގެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 08 ޖުލައި 2019 ގައި ކުރެވުނު މިކައުންސިލުގެ ނަންބަރު (IUL)456-ECMS/456/2019/33 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާ ފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 05 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓީން ރޫމުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮތްވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑިން ފެށިގެން އަންދާސީހިސާބު ހުށަހަޅާ ދުވަހާއި ހަމައަށް މިއިދާރާގެ ކައުންޓަރުން މަޢުލޫމާތު ޝީޓު ލިބެން ހުންނާނެއެވެ. މިއިޢުލާނަށް އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންފުޅުވާފަރާތްތަކުން 08 އޮގަސްޓް 2019 ވާ ބްރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.
މިއިޢުލާނަށް ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6800730 / 9631881 ފޯނާ ގުޅުއްވުން އެދެމެވެ.