ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް މަޤާމުގެ ފުރުޞަތު
ވަޒީފާގެ ފުރުޞަތު |
ނަންބަރު: 480/IUL/2019/17 |
||
ތާރީޚް: 29 ޖުލައި 2019 |
|||
މަޤާމު |
ސެކްރެޓަރީ ޖެނެރަލް |
||
މަސައްކަތް ކުރަންޖެހޭ ތަން |
ދިވެހިރާއްޖޭގެ ބާ ކައުންސިލް |
||
މުއްދަތު |
1 (އެކެއް) އަހަރު |
||
ބޭނުންވާ އަދަދު |
1 (އެކެއް) |
||
މުސާރަޔާއި ޢިނާޔަތްތައް |
|||
އަސާސީ މުސާރަ (މަހަކު) |
-/20500 ރުފިޔާ |
||
ލިވިންގ އެލަވަންސް (މަހަކު) |
-/15000 ރުފިޔާ |
||
އަސާސީ ޝަރުޠު |
|||
ޝަރުޠު |
ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 7 (ހަތެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ؛ އަދި ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛ އަދި ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ތަޢުލީމީ ފެންވަރަށާއި އިސްނެގުމަށާއި ލީޑަރޝިޕަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއި ހިންގުމުގެ ޤާބިލުކަމާއެކު ހުނަރުހުރި މިންވަރަށް ބެލެވޭނެއެވެ. މިދެންނެވި ކަންކަމުގެ އިތުރުން ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ. - ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މީހަކަށް ވުން. - ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މަސައްކަތްކޮށް، މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން. - ތަފާތު ގިންތިތަކުގެ (އިދާރީ އަދި ފަންނީ އެކި ރޮނގުރޮނގުގެ) މުވައްޒަފުން ގޮވައިގެން، ގުޅިގެން އެކީގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއެކު، ޕްރޮފެޝަނަލް މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުންނާއެކު ބާ ކައުންސިލް ހިންގުމަށް ބޭނުންވާނެ ލީޑަރޝިޕް ހުރުން -މަތީގައިވާ ކަންކަން ބާ ކައުންސިލުން ކަނޑައަޅާ އިންޓަވިއު ޕެނަލެއްގައި ސާބިތުކޮށްދިނުން. |
||
މަޤާމުގެ މަސްއޫލިއްޔަތު |
(ހ) ބާ ކައުންސިލުގެ އެންމެހައި އިދާރީ މަސްއޫލިއްޔަތުތައް އުފުލައި، މަސައްކަތްތަކާ ގުޅޭގޮތުން ދުވަހުން ދުވަހަށް ހިންގަންޖެހޭ ކަންތައްތައް ހިންގުން؛ ;(ށ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން ;(ނ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުން |
||
މި އިޢުލާންގައިވާ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
-ބާ ކައުންސިލްގެ ވަޒީފާއަށް އެދި ހުށަހަހަޅާ ސިޓީ -ސެކްރެޓަރީ ޖެނެރަލްކަމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް) -ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ މަޢުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ މަޢުލޫމާތު (ނަމާއި، ހައިސިއްޔަތު އެގޭނެގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް). އެގޮތުން އެ ސުޕަވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި އެބޭފުޅާ ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. -އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. ވަނަވަރުގައި ކުރިން ވަޒީފާ އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން. -މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. |
||
ސުންގަޑި |
4 އޯގަސްޓް 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބާ ކައުންސިލް ގެ ވަގުތީ އޮފީސް (ބައު ޖަމާލުއްދީން، ނިކަގަސްމަގު، މާލެ، ދިވެހިރާއްޖެ) އަށް ހުށަހެޅުއްވުން އެދެމެވެ. |
||
އިތުރުމަޢުލޫމާތު |
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑު ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތުރާޒް ނުކުރާނަމައެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ތަޖުރިބާ އަދި ތަޢުލީމުގެ ބަޔަށް މާކުސް ދިނުމުން އެންމެ މަތިން މާކުސް ލިބުނު 5 ފަރާތަކަށެވެ. މިގޮތުން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ މަދުނަމަ، ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި އިންޓަވިއު މަރުޙަލާގައި ކުރިމަތިލާފައިވާ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށަހެޅުންވެސް ހިމެނިދާނެއެވެ.
ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް ޝޯޓްލިސްޓް ނުކުރެވޭކަން ބާ ކައުންސިލުގެ ފަރާތުން ސަބަބާއެކު އަންގާނެއެވެ. މިގޮތަށް އަންގާ އެންގުން، އެ ކެނޑިޑޭޓަކު އެޕްލިކޭޝަން ފޯމުގައި ދީފައިވާ އީމެއިލް އެޑްރެހަށް ނުވަތަ ފޯނު ނަންބަރަށް މެސެޖަކުން އަންގާނެއެވެ.
މިމަޤާމަށް ކުރިމަތިލާ ފަރާތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، ޕްރެޒެންޓޭޝަނާ ގުޅޭ ތަފްޞީލް މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މަސައްކަތު 2 ދުވަސް ކުރިން، ޝޯޓްލިސްޓްވީ ފަރާތްތަކަށް އަންގާނެއެވެ. ސްކްރީން ކުރުމުގެ މަރުހަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މި މަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުހަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުހަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުސަތު ގެއްލޭނެއެވެ. |
||
29 ޖުލައި 2019