ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2019/59
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 17:18
ސުންގަޑި: 06 އޮގަސްޓް 2019 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ   

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ

ކޮންޓްރެކްޓުގެ މުއްދަތު:

3 މަސް ( މީލާދީ)

ޑިޕާޓްމަންޓް / ސެކްޝަން:

ހައުސިންގ ޑިޕާޓްމަންޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް.

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ހައުސިންގ އާރބަން ޑިވަލޮޕްމަންޓް، މާލެ

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު)
  2. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެކްޝަނަށް ލިބޭ ސިޓީތަކުގެ ޖަވާބު ދިނުމާއި ފޯންކޯލް ތަކަށް އިސްވެރިއެއްގެ އިރުޝާދުގެ ދަށުން  ޖަވާބުދިނުން.
  2. ސެކްޝަނަށް އަންނަ ސިޓީތަކަށް އަވަހަށް ޖަވާބު ދިނުމާއި ލަސްވާ ސިޓީތަކުގެ މައްސަލަ ވެރިންނަށް ދެންނެވުން.
  3. ސެކްޝަނަށް ހުށަހެޅޭ ހުރިހާ ލިޔެކިޔުންތަށް ރައްކާތެރިކޮށް ބެލެހެއްޓުމާއި ފައިލް ކުރުން
  4. ސެކްޝަނުގެ މަސައްކަތްތަކާއި ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތަކުގައި ބައިވެރިވާ ބޭފުޅުންނަށް ސިޓީ ފޮނުވުމާއި ފޯނުން ދެންނެވުން.
  5. ސެކްޝަނުން ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ ޔަޥްމިއްޔާ ލިޔެ ބެލެހެއްޓުން.
  6. ސެކްޝަނަށް ބޭނުންވާ ތަކެތި ހޯދުމާއި، އެކި އެކި ބޭނުމަށްޓަކައި މިނިސްޓްރީގެ އެހެން. ސެކްޝަން ތަކަށް ފޮނުވަންޖެހޭ މެމޯ ތައް ފޮނުވުން.
  7. ސެކްޝަނުގައި ހިންގާ މަސައްކަތްތަކުގެ ލިސްޓު ތައްޔާރުކޮށް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން.
  8. ސެކްޝަނުން ކުރާ ދަތުރުތަކުގެ އިދާރީ މަސައްކަތްތައް ކުރުން.
  9. ސެކްޝަންގެ މަސައްކަތްތަކާއި ގުޅިގެން އެކިފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި ޑޮކިއުމަންޓް ހޯދުން.
  10. ސެކްޝަނުގައި އިދާރީގޮތުން ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް އިސްފަރާތުގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތް ކުރުން.
  11. އަހަރީ ރިޕޯރޓް އަށް ސެކްޝަންއިން ދޭންޖެހޭ މަޢުލޫމާތު ކަނޑައެޅޭ ތާރީޙަށް އެޑްމިންއަށް ދިނުން.
  12. މީގެ އިތުރުންވެސް އެވަގުތަކު ސެކްޝަނުގެ ޙަވާލުވެ ހުންނަވާ ވެރިޔާއާއި މިނިސްޓްރީގެ ވެރިން އަންގަވާ މިނިސްޓްރީގެ މަސައްކަތްތައް ކުރުން.
  13. ސެކްޝަނުގެ އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިއުން.
  14. މަޝްރޫޢު ހިނގަމުންދާ ރަށްތަކަށް ދަތުރުކުރުމާއި ދަތުރު ރިޕޯޓުތައް ލިޔުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

 2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

 3. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ތަފްޟީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

 

ލިބިފައިވާ ތާޢުލީމު

35

35

40

5

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

 

210

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮގަސްޓް 06 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް (އަމީނީމަގު، މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.housing.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮގަސްޓް މަހުގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް (އަމީނީމަގު، މާލެ) ގައެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004342 ނަންބަރު ފޯނަށް ނުވަތަ 3004341 ނަންބަރު ފޯނަށެވެ.

22 ޛުލްޤަޢިދާ 1440

                     25 ޖުލައި  2019

25 ޖުލައި 2019