ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސްޓެޓިސްޓިކްސް އެޕް ރި-ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ރެޖިސްޓްރޭޝަން:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޮގަސްޓް 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ކުންފުނީގެ ނުވަތަ އަމިއްލަ ފަރުދެއްގެ ނަން، އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ފޮނުވައި ރެޖިސްޓްރީ ކުރުން އެދެމެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތުގެ ރިކުއަސްޓް ފޮރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މި ކަމަށް އެދި ރަޖިސްޓްރީ ކުރަން އަންގާފައިވާ ދުވަހު ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުން:
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 06 އޯގަސްޓް 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުވުން އެދެމެވެ.
ބިޑު ހުށަހެޅުން:
ބިޑު ހުށަހެޅުން އޮންނާނީ 08 އޮގަސްޓް 2019 ވަނަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީގައެވެ. މި ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތަށް ބަލާ ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.