ދިވެހިރާއްޖެ
އިޢުލާން
2019 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ރަޙުމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުގުޅާލުމުގެ ޙަރަކާތް ކުރިޔަށް ގެންދިޔުމަށްޓަކައި 30 ޖުލައި 2019 ވަނަ ދުވަހުގެ ހަވީރު 16:30 އިން ފެށިގެން އިރުއޮއްސި 18:00 އަށް މާލެ ވަށާ ބޮޑުތަކުރުފާނުމަގުގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖައްސައިފީމެވެ.
ވީމާ، 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ ހަވީރު 16:30 ން ފެށިގެން 18:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލެ ވަށާ ބޮޑުތަކުރުފާނުމަގުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.
1- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދު
2- އެމްބިއުލެންސް
3- ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް
4- ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
5- އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު
މިއެންގުމާއި ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި އަންގާ ޢިއްލާން ކުރީމެވެ.
22 ޛުލްގައިދާ 1440
25 ޖުލައި 2019