ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-A4/30/2019/155
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 06 އޮގަސްޓް 2019 13:30
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

މަޤާމް:              ސީނިއަރ ޕްރޮޖެކްޓް އޮފިސަރ  

މަޤާމުގެ ނަންބަރު:       311413

 ބޭނުންވާ ޢަދަދު:             1

ގިންތި:              ވަގުތީ

މުއްދަތު:             2 އަހަރު

ރޭންކް:              އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:  ސިނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް:             މިނިސްޓްރީ އޮފް ފިޝަރީޒް ، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:    ޕޮލިސީ އެންޑް ކޯޑިނޭޝަން ސެކްޝަން     

ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ/ މާލެ  

މުސާރަ:             -/7035 ރުފިޔާ

ސަރވިސް އެލަވަންސް:    -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

ޓެކްނިކަލް ކޯ އެލަވަންސް:  1969/08 ރުފިޔާ

 

      މަޤާމުގެ ޝަރުތު      

 

1- ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  •   ޕްރޮޖެކްޓް މެނޭޖްމެންޓް

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީ މެދުވެރިކޮށް ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވާ ހިންގުން.
  • މިނިސްޓްރީ ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއި ގުޅިގެން ރާއްޖެ ބައިވެރިވާ އެކިއެކި މުއާހަދާ / އެގްރިމެންޓްތަކުގެ ދަށުން ސަރުކާރުން ކުރަން ލާޒިމްކުރާ މަސައްކަތްތައް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ކުރުން.
  • ރާއްޖޭން ބޭރުގެ މިޝަންތަކުގެ އެންމެހާ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުން
  • މިނިސްޓްރީއާއި ސްޓޭޓް މިނިސްޓަރުން ބައިވެރިވެ، ތަމްސީލުކުރާ ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކުން ބާއްވާ ޖަލްސާތަކުގެ އެޖެންޑާ ރިވައިސްކޮށް، ބައްދަލުވުމާއި ގުޅޭ މުހިއްމު ލިޔެކިޔުންތައް މުތާލިއާކޮށް، އެމަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ތައްޔާރުކުރުން.
  • މަލްޓިލެޓަރަލް އަދި ބައިވެޓަރަލް ޖަމްޢިއްޔާތަކުގެ ޕްރޮގްރާމްތަކާއި މަސައްކަތްތައް ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން ބެލެހެއްޓުން.
  • އިންޓަރނޭޝަނަލް އޯރގަނައިޒޭޝަންތަކާ ގުޅިގެން ތައްޔާރުކުރެވޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
  • މިނިސްޓްރީން ބޭރުގެ ފަރާތްތަކާއިއެކު ވެވޭ އެއްބަސްވުންތައް އިލެކްޓްރޯނިކްކޮށް، ރައްކާކޮށް ބެލެހެއްޓުން.
  • މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރ ކުރުމުގައި ސެކްޝަނުން ކުރަންޖެހޭ މަސައްކަތުގައި އިސް ދައުރެއް އަދާކޮށް، މޮނިޓަރިންގ ރިޕޯރޓްތައް ތައްޔާރުކޮށް ހުށަހެޅުން.
  • ރާއްޖޭން ބޭރަށް މިނިސްޓަރ ކުރައްވާ ދަތުރުފުޅުތަކާއި ގުޅިގެން މިނިސްޓަރ ދެއްވާ ސްޕީޗްތައް ތައްޔާރުކުރުމާއި، ދަތުރުފުޅުތަކާއި ގުޅިގެން މިނިސްޓަރ ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކާ ބައަދަލުކުރެވޭނޭ އިމްތިޒާމް މިނިސްޓްރީން ކުރިޔާލާ ހަމަޖެއްސުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-  ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލްކަން ދެނެގަތުމަށް ކުރާ އިންވިއު އަދި ޕްރެކްޓިކަލްސް 

- ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު

 

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ)  ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2019 އޯގަސްޓް 06 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

22  ޛުލްޤައިދާ    1440

25 ޖުލައި 2019