ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)468-HR/468/2019/125
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 07 އޮގަސްޓް 2019 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

                                        ނަންބަރ:IUL)468-HR/468/2019/125)  

މަޤާމް

މަސައްކަތު

މަޤާމްގެ ނަންބަރ

J-300935, J-300949, J-300899, J-300968

ބޭނުންވާ ޢަދަދު

4 (ހަތަރެއް )

މަޤާމްގެ ގިންތި

 ދާއިމީ

މަޤާމްގެ ރޭންކް

އެސް.އެސް.1

މަޤާމްގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން

ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ

މުސާރަ

-/3100 ރުފިޔާ

ސަރވިސް އެލަވެންސް

-/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް

ސަޕޯޓިންގ ކޯ އެލަވަންސް -/1200 ރުފިޔާ 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

- ތާރު އަދި ގައު އަޅާފައިވާ މަގުތައް ފޮހެ ސާފުކުރުން

-    ފުވައްމުލަކުގެ އެންމެހައި މަގުތަކުން ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން (982 މަގު)

-    ކުޅިވަރު ކުޅޭ ބިންތަކާއި ކޯޓްތަކުގެ ވިނަ ކޮށާ ސާފުކޮށް ބެލެހެއްޓުން

-    ސްޕޯރޓްސް އެރީނާތަކުގެ ވިނަ ކޮށާ، ކުނިނަގައި ސާފުކޮށް ބެލެހެއްޓުން

-    ފުވައްމުލަކު ސްޓޭޑިއަމް ވިނަ ކޮށާ، ސްޓޭޑިއަމް ވަށައިގެންވާ މަގުގެ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން

-    މަގަށް ދަތިވާ ގޮތަށް ހުންނަ ގަސްތައް ކަނޑައި ސާފުކުރުން

-    މަގަށް ދަތިވާގޮތަށް ވެއްޓޭ ރުއްގަސް ނެގުވުމާއި މަގު ސާފުކުރުން

-    އެކި ސަރަޙައްދުތަކުން ނަގާ ކުނިތައް ކުނިގޮނޑަށް އުފުލުން

-    ޤުދުރަތީ ޙާދިޘާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި ޑިޕާޓްމަންޓުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުން

-    މަގުބައްތި ދަނޑިތައް މަރާމާތުކުރުމުގެ މަސައްކަތްކުރުން (1353 ބައްތި)

-    ބައްތިތަކުގެ ލައިޓްތައް ބަދަލުކުރުމާއި މަރާމާތުކުރުމުގެ މަސައްކަތްކުރުން (1353 ބައްތި)

-    ބައްތިތައް މަރާމާތުކުރުމުގެ މަސައްކަތް ބޭނުންކުރާ ހަރުގަނޑާއި ލިފްޓް އުފުލުމުގެ މަސައްކަތް ކުރުން

-    މަގުބައްތި ރިޕޯޓް ނަގައި ދިއްލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން (1353 ބައްތި)

-    މަސައްކަތާއި ގުޅޭގޮތުން އޮފީހުން އަންގާ މަސައްކަތް ކުރުން

-    ފުވައްމުލަކުގެ ޕާރކުތަކުގެ ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކޮށް ބެލެހެއްޓުން (12 ޕާކް)

-    ބޯޅަ ދަނޑުތައް ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކޮށް ބެލެހެއްޓުން (8 ބޯޅަ ދަޑު)

-    މަގުތަކުގައި ފެން ބޮޑުވެ ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ދަތިވާ ހިސާބަށް ހިގައްޖެނަމަ މަގުތަކުން ފެން ބޭރުކޮށް ފެންހިންދޭނެ ގޮތް ހެދުން

-    ރަށުގައި ފެންބޮޑުވެއްޖެނަމަ ކާނުތައް ކަނޑައި ރަށުން ފެންބޭރުކުރުމުގެ މަސައްކަތްކުރުން

-    ރަށުގެ ފެންބޮޑުވާ ސަރަޙައްދުތަކުގައި ޕަމްޕް ޖަހައިގެން ފެންބޭރުކުރުން

-    ކާނުތައް ކަނޑާފައި ހުންނައިރު ކާނުތަކުގައި ޑިއުޓީކުރުން

-    ފެންބޮޑުވެ އާންމު ގެތަކަށް ފެންވަންނަ ހާލަތެއްނަމަ ވެލި ބަސްތާޖެހުމުގެ މަސައްކަތްކުރުން

-    ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތައް ފޮޅާ ސާފުކުރުމާއި އިމާރާތްތަކުގެ ގޯތިތެރެއިން ކުނިނަގައި ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން

-    ބަނދަރު ސަރަޙައްދުން ކުނިނަގައި ސާފުކޮށް ބެލެހެއްޓުން

-    ތުނޑީ ސަރަހައްދުން ކުނިނަގާ ސާފުކޮށް ބެލެހެއްޓުން

-    ބޮޑުބީވާ ސަރަޙައްދު (ރުއްގަނޑު) ސާފުކޮށް ބެލެހެއްޓުން

-    ހުވަނި ގިނަވާ ދުވަސްވަރު ހުވަންނަށް ބޭސް ޖެހުން

މަޤާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެގުން.

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް

ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )                                

 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )                                              

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.             

 ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.  

( ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

 ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.           

މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ:

(ހ)   ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމު
  • މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން
  • މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ
  • އިންޓަރވިއު

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6860958 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 08 އޮގަސްޓް 2019 އާއި 25 އޮގަސްޓް 2019 އާ ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލްގައެވެ.

ޝޯޓް ލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ

މިއިދާރާގެ ފޯން ނަންބަރ 6865001،6860004، 6862030, ފެކްސް: 6860958

އީމެއިލް: [email protected]   

 

22 ޒުލްޤައިދާ 1440

25 ޖުލައި 2019

 

 

  

25 ޖުލައި 2019