ދިވެހިރާއްޖެ
މި ހޮސްޕިޓަލްގެ މެޓާނިޓީ ވޯޑުގައި އެލްމެނިއަމް ދޮރުޖަހައި ހަރުކޮށްދޭނެ ފަރާތެއް ހޯދަންކުރި އިއުލާން ނަންބަރ: IULAAAH-A-AD/AAAH/2019/5 އާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅުއްވާފައިވަނީ އެންމެ ފަރާތަކުންކަމުގައި ވާތީވެ މިއިއުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާފަރާތްތަކުން 05 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު،18 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ10:00 އަށް މި ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުވާންޖެހޭނީ އައި.ޑީ.ކާޑު ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީއާއި އެކުގައެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.