ދެންނެވުން
ނަންބަރު: (IUL)242/242/2019/17
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 08 ސެޕްޓެންބަރު 2019 14:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީ ޒޯން ލައިސަންސް ދިނުމާއި ބެހޭ

 

                                                            ނަމްބަރު: IUL)242/242/2019/17)

އިޢުލާން

 

ގދ. އަތޮޅުގެ ރައްޔިތުން ޓްރެފިކް ޤާނޫނަށް އަހުލުވެރިކުރުމާއި އެޤާނޫނުގައިވާގޮތަށް އެއްގަމާއި ކަނޑުގެ އުޅަނދު ދުއްވުމަށް ބާރުއަޅާ އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ގދ. އަތޮޅުކައުންސިލްގެ ޓީމެއް ގދ. އަތޮޅުގެ ރަށްރަށަށް ދަތުރުކޮށް ރަށުކައުންސިލްތަކާއި ގުޅިގެން ތިރީގައިއެވާ ޚިދުމަތްތައް  ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާޢިދު ކިޔަވައިދިނުންވެސް ހަމަޖެހިފައި ވެއެވެ.

 01 އޮގަސްޓް 2019 އިން ފެށިގެން އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ރަށުކައުންސިލްތަކަށް ހުށަހެޅުއްވުން އެދެމެވެ. އަދި ލައިސަންސް ދިނުމަށްޓަކާ ދަތުރުފެށުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ 2019 އިން ފެށިގެންނެވެ. ދަތުރު ކުރާނެ ގޮތުގެ ތާވަލު ފަހުން ރަށުކައުންސިލްތަކަށް އަންގާނެ ވާހަކަ ދަންނަވަމެވެ.

 

  1. 1.      އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ފޮތް (ޒޯން - ބީ)

(ނޯޓް: ބީ-ޒޯން ލައިސަންސް ގައި ދުއްވޭނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ރަށްރަށުގައެވެ.)

  • މުޅިން އަލަށް، އެއްގަމު ލައިސަންސް ފޮތް (ޒޯން ބީ)
  • ލައިސަންސް ފޮތް އާކުރުން، މުއްދަތު ހަމަވެފައިވާ ލައިސަންސް ފޮތް (ޒޯން ބީ)
  • ކެޓަގަރީ އިތުރުކުރުން، އެއްގަމު ލައިސަންސް ފޮތް (ޒޯން ބީ)

 

  1. 2.      ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ފޮތް

(ނޯޓް: ކަނޑު ލައިސަންސް ދިނުމުގައި ދެވޭނީ ހަމައެކަނި ދުއްވުމުގެ ޓެސްޓެވެ.)

  • މުޅިން އަލަށް ކަނޑުލައިސަންސް ފޮތް ދޫކުރުން، ނިޔަމި ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް
  • ކަނޑުލައިސަންސް ފޮތް އާކުރުން
  • ކެޓަގަރީ އިތުރުކުރުން، ނިޔަމި ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް އެރަށެއްގެ ރަށުކައުންސިލަށް ނުވަތަ ގދ. އަތޮޅުކައުންސިލަށް ގުޅުއްވުން އެދެމެވެ.

 

                        22 ޒުލްޤައިދާ 1440

                        25 ޖުލައި 2019

 

 

 

 

 

                                                                  މުޙައްމަދު ރިޟާން

                                                               ކައުންސިލުގެ ނައިބް ރައީސް

25 ޖުލައި 2019