ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2019/49
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 16:50
ސުންގަޑި: 31 ޖުލައި 2018 13:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިން އެގްޒެކެޓިވް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                                                                                     ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ސީނިއަރ އެޑްމިން އެގްޒެކެޓިވް

 

މުސާރަ: 7,200/-  ރުފިޔާ

އެލަވަންސް: 4,800/- ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޑިޕާޓްމަންޓް / ސެކްޝަން: ކޯޕަރޭޓް އެފެއާޒް / އެޗް.އާރް އެންޑް އެޑްމިން

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1- މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

2- މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު އެޑްމިން ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3- މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު އެޑްމިން ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މި ކޯޕަރޭޝަނުގެ އިދާރީ އެންމެހާ މަސައްކަތްތައް އަދި މުވައްޒަފުންނާއި ގުޅުންހުރި މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން.
  2. މިކޯޕަރޭޝަނުގެ ހިއުމަން ރިސޯސްޕްލޭން ތައްޔާރުކުރުމަށް އެހީތެރިވުމާއި، ޕޮލިސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސުޕަވައިޒަރަށް އެހީތެރިވުން.
  3. ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ތައްޔާރުކުރަންޖެހޭ، މުވައްޒަފުންނާއި ގުޅުން ހުރި އެންމެހާ ޕޮލިސީ، އެސް.އޯ.ޕީތައް ތައްޔާރުކުރުމާއި ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ސުޕަވައިޒަރަށް އެހީތެރިވުން.
  4. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.
  5. މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުމަށް ފައިނޭންސް ސެކްޝަނަށް ފޯރުކޮށްދޭންޖެހޭ ލިޔެކިއުންތައް ފޯރުކޮށްދޭންޖެހޭ މުއްދަތުގެ ތެރޭގައި ޤަވާއިދުން ފޮނުވުން.
  6. މި ކޯޕަރޭޝަނުގެ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްތައް ކުރުން.
  7. ސެކްޝަންގެ ސިޓީ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

ފޯމް ފޮނުވަންވީ ތާރީޚާއި ތަން:  31 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި ކޯޕަރޭޝަން  (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

އިތުރު މަޢްލޫމާތު

  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ، ތަޢްލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އަންގައި ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.

 

24 ޖުލައި 2019 

 
 
24 ޖުލައި 2019