ދިވެހިރާއްޖެ
ލ. ފޮނަދޫ ބަރާސިލް އަވަށު ފުޓްބޯޅަ ދަނޑުގައި ހަދަން ފަށާފައިވާ ބޯޅަގޭގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާ އިން ކުރި ނަންބަރު (IUL)401-C/401/2019/33 (19 ޖޫން 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލް ކޮށްފީމެވެ. އަދި މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. |
|
މަޢުލޫމާތު ސާފުކުރުން |
30 ޖުލައި 2019 (އަންގާރަ) ދުވަހުގެ 13:30 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި މި ބީލަމާގުޅޭ މަޢޫލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރި ނުވިޔަސް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. ބީލަންކަރުދާސް މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ލ. ފޮނަދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. |
ބީލަން ހުށަހެޅުން |
ބީލަން ހުށަހަޅާނީ 05 އޯގަސްޓް 2019 (ހޯމަ) ދުވަހުގެ 13:30 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. |
އިތުރު މަޢުލޫމާތު |
މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: ފޯނު: 6800082 އީމެއިލް: [email protected] |