ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 218-CS/1/2019/7
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 05 އޮގަސްޓް 2019 13:30
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު -ޑިރެކްޓަރ (EX1)

 

މަޤާމް:                  ޑިރެކްޓަރ

މާޤާމުގެ ނަންބަރު:          213014-J

ބޭނުންވާ އަދަދު:           01 (އެކެއް)

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:           އީ.އެކްސް. 1

މާޤާމުގެ ކްލެސިފިކޭޝަން:     ޓެކްނިކަލް ޑިރެކްޓަރ

ސެކްޝަން :             ކޮލިޓީ އެޝުއަރެންސް ސަރވިސް ސެކްޝަން

ވަޒީފާއޮތް އޮފީސް:          މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:    މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ،ވެލާނާގެ 2 ވަނަ ފަންގިފިލާ، މާލެ

މަޤާމުގެ މުސާރަ:           8835.00 ރުފިޔާ

ސަރވިސް އެލަވަންސް:       2000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:    1100.00 ރުފިޔާ

އިތުރު އިނާޔަތްތައް:         1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                     2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                     3-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                     4- ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހޭނަމަ އަސާސީ މުސާރައިގެ %28.

                    

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރާއްޖޭގައި އެކި ފަރާތްތަކުން ހިންގާ މަތީ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް (ކޯސް އެޕްރޫވަލް، އެކްރެޑިޓޭޝަން، އޮޑިޓިންގ ނިޒާމެއް) އެކުލަވާލައި މިކަންކަމާބެހޭ ޤަވާޢިދު ހަދައި ހިންގުން.   
  2. ރާއްޖޭގައި އެކި ފަރާތްތަކުން ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރުތަކަށް ފެތޭގޮތަށް ފަރުމާކުރާ ކޯސްތައް ފަރުމާކުރެވިފައިވަނީ އެކަށީގެންވާ ފެންވަރަށްތޯ ބަލައިފާސްކޮށް، އެކޯސްތައް ހިންގުމުގެ ހުއްދަ ދިނުމާއި، މިކަމާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގުން
  3. ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ފެންވަރުތަކަށް ފެތޭގޮތަށް ފަރުމާކޮށް ހިންގާ ކޯސްތައް ހިންގުމުގެ ހުއްދަ ދިނުމަށްފަހު އެކޯސްތައް ހިންގަނީ ހުއްދަ ދީފައިވާ ފެންވަރަށްތޯ ބަލައި ސުޕަރވައިޒްކުރުމުގެ އޮނިގަނޑެއް ރާވައި އެމަސައްކަތް ހިންގުން.
  4. މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ އެކްސްޓަރނަލް އެކަޑެމިކް އޮޑިޓް ހިގުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލުމާއި، އެކްސްޓަރނަލް އޮޑިޓް ހެދުން. 
  5. ރާއްޖޭގައި ސަނަދުގެ (ކޮލިފިކޭޝަންސްގެ) ފެންވަރު ހިފެހެއްޓުމަށް އުފައްދާ  މުއައްސަސާތައް ރަޖިސްޓްރީކޮށް ދިނުމާއިބެހޭ ކަންކަން ހިންގައި ބެލެހެއްޓުން.    
  6. މަތީ ތަޢުލީމާއި ތަމްރީނުދޭ މުއައްސަސާތަކުން އެމީހުންގެ މުއައްޒަފުންގެ ޢިލްމާއި ހުނަރު އިތުރުކުރުމަށް ކުރަންޤަސްދުކުރާ ކަންކަމުގައި އެފަރާތްތަކަށް ކޮލިފިކޭޝަންސްއާބެހޭ ލަފަޔާއި މަޝްވަރާ ދިނުން. 
  7. މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ އިންޓަރނަލް ކޮލިޓީ އެޝުއަރަންސް ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން.     
  8. ސެކްޝަނުން ކުރުމަށް އަހަރީ ޕްލޭންގައި ކަނޑައަޅާ ކަންކަމަކީ ލިބެން ހުރި ވަސީލަތްތަކުން ކުރެވޭ ވަރުގެ ކަންކަން ކަން ކަށަވަރުކުރުމަށް މަސައްކަތްކުރުން.
  9. ސެކްޝަނުގެ މަސައްކަތްކުރުމަށް އުފައްދާ އެންމެހައި ކޮމިޓީ/ޕެނަލް ތަކުގެ ސެކްޓޭރިއެޓް ބެލެހެއްޓުން.   

        

މާޤާމުގެ ޝަރުޠުތައް:

  1. އެޑިއުކޭޝަން ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑިއުކޭޝަން ގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އެޑިއުކޭޝަން ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑިއުކޭޝަން ގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީން %25

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ. %25    

ނ. ލިބިފައިވާ ހުނަރު ( އިންޓަރވިއު، ޕްރެކްޓިކަލް އަދި ޕްރެޒެންޓޭޝަން) %50

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ( ވެލާނާ ބިލްޑިންގ، 2 ވަނަ ފަންގިވިލާ، އަމީރު އަހުމަދު މަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުވާނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 25 އޮގަސްޓް 2019 – 29 އޮގަސްޓް 2019 އާ ދެމެދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ވެލާނާގެ 2ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

ޝޯޓު ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓުލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 

- 55%        

އިތުރުމަޢުލޫމާތު:   

މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި އޮތޯރިޓީގެ ނަންބަރު 3344077،3341240 ފޯނަށް ގުޅުއްވުން އެދެމެވެ.

 21 ޛުލްޤަޢިދާ 1440

 

24 ޖުލައި 2019