|
|
މަޤާމް:
|
ބަސް ޑްރައިވާރ
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ވަގުތީ/ ކޮންޓުރެކްޓް އެންޕުލޮއިމެންޓް
|
|
މަޤާމުގެ ރޭންކް:
|
އެކަޑަމިކް
|
|
ސެކްޝަން:
|
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް/ ލ.ގަން
|
|
މުސާރަ:
|
-/2500 (ދެހާސް ފައްސަތޭކަ ރުފިޔާ)
|
|
ސަރވިސް އެލެވަންސް:
|
-/100ރ (އެއްސަތޭކަ ރުފިޔާ) މަސައްކަތު ނިކުންނަ (ރަސްމީ ދުވަސްތަކު) ކޮންމެ ދުވަހަކު
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ދިވެހިރާއްޖޭގެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޤަވާޢިދާ އެއްގޮތަށް ބަސްޑްރައިވަރުގެ އަމަލުތައް ހުރިހާ ވަގުތެއްގައިވެސް ބެހެއްޓުން.
- ބަހުގައި ދަރުތުކުރާ އެންމެހާ ފަރާތްތަކާއި މުޢާމަލާތު ކުރަންވާނީ ރީތި ބަހުންނެވެ.
- ބަހުގެ ޑްރައިވަރު ބަހުގައި ދަތުރުކުރާ ވަގުތުތަކުގައި އަބަދުވެސް ހުންނަން ވާނީ އެކަށީގެންވާ ހެދުމެއްގައެވެ.
- ސްކޫލްގެ ރަސްމީ ކިޔެވުން އޮންނަ ދުވަސްތަކާއި ކިޔެވުން ނޯންނަ ދުވަސްތަކުގައި ސްކޫލުން ހަމަޖައްސާ ވަގުތުތަކަށް ގަޑިއަށް ދަރިވަރުން / ބެލެނިވެރިން ސްކޫލަށް ގެނައުމާއި، ގެންގޮސްދިނުން.
- ދަރިވަރުން/ބެލެނިވެރިން ބަހަށް އެރުމުގެ ކުރިން ޑްރައިވަރުމީހާ ބަހުގެ ހާލަތު (ޑިސަލް ހުރިތޯ، އަޑީތެޔޮ ހެޔޮ މިންވަރަށްހުރިތޯ، ސްޓާޓުވޭތޯ، ޓަޔަރުތަކުގެ ޙާލަތާއި މިނޫނަސް ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ އެހެންވެސް ކަންކަން ) ރަގަޅުތޯބަލާ ޗެކުކުރުން.
- ޤަވާޢިދުން ސްކޫލުން ހަމަޖައްސާ ގޮތެއްގެމަތިން ބަހުގެ ޑީސަލް އެޅުމާއި، ބަހުގެ އަޑީތެޔޮ ބަދަލުކުރުމާއި މަރާމާތުގެ މަސައްކަތްތައް ކުރުމުގައި ސްކޫލުން އަންގާގޮތަކަށް މަސައްކަތްކުރުން.
- ދަރިވަރުން/ބެލެނިވެރިން ބަހަށް އެރުމުގެ 10 މިނެޓްކުރިން ބަހަށް އަރާހުރުން
- ބަހަށް އަރާ ދަރިވަރުން/ ބެލެނިވަރިންގެ ސަލާމަތާއި ރައްކާތެރިމަށް ބަލައިގެން ބަސް ދަތުރުކުރުން.
- ބަހަށް ލިބެމުންދާ ގެއްލުންތައް ދުވަހުން ދުވަހަށް ސްކޫލް އިދާރާއިން ހަމަޖައްސާފައިވާ ފަރާތަކަށް އެންގުން.
- ކުއްލިއަކަށް މަރާމާތު ކުރަންޖެހޭ ފަދަ ކަމެއް ދިމާވެއްޖެނަމަ އެފަދަކަންކަން އެހެން ފަރާތެއް މެދުވެރިކޮށް ޙައްލުކުރެވެންދެން ސްކޫލުފަރާތުން ބަހުގެ ކައިރީގައި ވަގުތު ހޭދަކުރުން، ނުވަތަ އިދާރާއިން ހަމަޖައްސާގޮތެއްގެމަތިން އެމަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން .
- ކޮންމެ ދުވަހަކު މަދުވެގެން 01 ފަހަރު ބަހުގެ އެތެރެ ރީއްޗަށް ޝީޓުތަކާއިއެކު ވެއްޔާއި ހިރަފުސްފޮޅާ ސާފުކުރަންވާނެއެވެ.
- ކޮންމެ ހަފްތާ އަކު މަދުވެގެން 02 ދުވަހު ބަހުގެ ބޭރަށް ރީއްޗަށް ފެންޖަހާ ހިރަފުސް ދުއްވުމަށްފަހު ބިއްލޫރިތައް ރީއްޗަށް ގްލާސް ކްލީނަރ ލައިގެން ފޮހެ ސާފުކުރަންވާނެއެވެ.
- އަދި ބަހުގެ ޝީޓްތައް މަދުވެގެން މަހަކު އެއްފަހަރު ޝީޓް ޕޮލިޝް ކިޓް ކާއްތާ ރީއްޗަށް ސާފުކުރަންވާނެއެވެ.
- ބަސް ދަތުރުކުރަމުން ދަނިކޮށް ދަރިވަރުން/ބެލެނިވެރިންގެ ފަރާތުން ކަމެއް ހިނގައިފިނަމަ އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރުމާއިއެކު ކަމުގެ މައުލޫމާތު ލަސްނުކޮށް ސްކޫލްގެ އިދާރާއަށް އެންގުން.
- ބަސްޑްރައިވަރުންނަކީ ކޮންޓްރެކްޓް އުސޫލުން ސްކޫލުގައި ގެންގުޅޭ މުވައްޒަފުން ކަމުގައިވާތީ ސްކޫލުން އެދިއްޖެނަމަ ސްކޫލުން ރާވާ ހިންގާ ކަންކަމުގައި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.
- ދިވެހިރައްޔިތަކު ކަމުގައިވުން.
- ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އުމުރުން 65 އަހަރު ފުރިފައި ނުވުން.
- އަޚުލާޤީ ގޮތުން ރަނގަޅު މީހަކު ކަމުގައިވުން.
- ވޭތުވެދިޔަ 05 އަހަރު ޝަރީޢަތައް ޖިނާއީ މައްސަލައެއް ސާބިތުވެ، ހުކުމެއް ކޮށްފައިވާ މީހަކު ކަމުގައިނުވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ހުރި ސިފަތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ތަޢުލީމީ ފެންވަރު، ފޯނު ނަންބަރު އަދި މިފަދަ ވެހިކަލް ދުއްވުމުގެ މަޢުލޫމާތު ފަދަ މަޢުލޫމާތުތައް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ސްކޫލް އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 އޮގަސްޓް 2019 އާއި 08 އޮގަސްޓް 2019 އާ ދެމެދު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
|