ވަޒީފާގެ ފުރުޞަތު
|
ނަންބަރު: MNU-HR/2019/145
|
ތާރީޙް: 24 ޖުލައި 2019
|
މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ކ.މާލެ)
|
ގްރޭޑް:
|
5
|
ސްޕައިން ޕޮއިންޓް:
|
24
|
މުސާރަ:
|
މަހަކު 7,151/26 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,064/83 ރުފިޔާ
|
އިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އޮފީހަށް އަންނަ ސިޓީތަކާއި ދަރިވަރުން ގެންނަ އެސައިންމެންޓްތަށް ބަލައިގަނެ ލެކްޗަރަރއިން ކިޔަވައިދިނުމަށްބޭނުންވާ އިދާރީ އެހީތެރިކަން ދިނުން
- ކުލާސް ރޫމްތަކާއި ލެބްތައް ޗެކްކޮށް، އެތަންތަނަށް ކަޑައެޅިފައިވާ އަދަދަށް ގޮނޑިޔާ މޭޒާ، ގަޑިޔާއި ޑަސްބިންފަދަ ތަކެތި ހުރޭތޯ ބަލާ އެތަންތަނުގައި މަދުވެފައިވާ ނުވަތަ ބާވެ ހަލާކުވެފައިވުމުގެ ސަބަބުން ބަދަލުކުރަންޖެހިފައިވާ އައިޓަމްތައް ދެނެގަނެ އެއައިޓަމްތައް ހަމަކުރުން
- ފެކަލްޓީއަށް ބޭނުންވާ ކޮންސިއުމަބަލްސް އަދި ހަރުމުދާލާއި، ފަރުނީޗަރާއި އަދި އިކްއިޕްމަންޓްސްތައް ފެކަލްޓީގެ މަސައްކަތަށް ދަތިނުވާނެހެން ޕްރޮކިއުމަންޓް ސެކްޝަނާއި ގުޅިގެން ހޯދުން
- ފެކަލްޓީ އަށް ލިބޭ ޑެއިލީ ކޮންސިއުމަބަލްސްތައް ފެކަލްޓީގެ ސްޓޮކް ފޮތަށް އެރުވުމާއި ޔުނިވަސިޓީން ތައްޔާރުކޮށް ފައިވާ "ސްޓޮކް ސިސްޓަމް" އަށް އެންޓަރ ކުރުމާއި އަދި މުވައްޒަފުންގެ ރިކްއެސްޓްތަކާ އެއްގޮތައް އައިޓަމްތައް ދޫކުރުމާއި ސްޓޮކް ސިސްޓަމް ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން
- ފެކަލްޓީގެ ހަރު މުދަލުގެ އިންވެންޓްރީ އަށް އަންނަ ބަދަލުތަކުގެ ރެކޯޑު ޤަވާޢިދުން ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމާއި އިންވެންޓްރީ ބެލެހެއްޓުން
- ތަނުގެ ފެނާއި ކަރަންޓަށް ދިމާވާ މައްސަލަތައް ބަލައި، ޢިމާރާތާއި ތަކެތީގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި ދެނެގަތުމާއި މެއިންޓަނަންސާއި ގުޅޭ މަސައްކަތްތައް ހައްލުކުރުމަށް ފޮނުވަންޖެހޭ ޓިކެޓްތަށް ފޮނުވުމާއި، ހުޅުވަންޖެހޭ ތަންތަން ހުޅުވުމާއި މަސައްކަތް ކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން
- އިމާރާތުގެ ތަކެއްޗާއި/މަރާމާތާއި ގުޅުންހުރި ބިޑްތަކުގެ މަސައްކަތްތައް ބެލެހެއްޓުމާއި، ކޮންޓުރެކްޓް އުޞޫލުން ޙަވާލުކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަށް ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި، މަސައްކަތްތައް ކުރިޔައްދާގޮތް ބެލެހެއްޓުމާއި، މަސައްކަތް ނިމުމުން ފައިސާ ދެއްކުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް ޔުނިވަރސިޓީގެ ފައިނޭންސް ސެކްޝަނަސް ފޮނުވުން
- ބާވެ ހަލާކުވި ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ބަލައި، ތަނަން ގިނަވިޔަނުދީ މަރުކަޒީ އިދާރާއާއި ގުޅިގެން ޤަވާއިދުން އެތަކެތި ނީލަމަށް ފޮނުވުން
- ފެކަލްޓީގެ މާރކެޓިންގ އާއި ގުޅުންހުރި މަސައްކަތްތަށް ކުރުމާއި އަދި ވެބް ސައި ބެލެހެއްޓުން
- އޮފީހުން ހަމަޖައްސާ ގޮތެއްގެ މަތީން އިތުރުގަޑީގެ ޑިއުޓީތަކަށް ނިކުތުމާއި، ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތީން އޮފީސް ހުޅުވާ ލެއްޕުން
- މަތީގައިވާ ކަންތައްތަކުގެ އިތުރުން ފެކަލްޓީގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2019 ޖުލައި 31 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-1.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެމް.ކިއު.އޭ އިން އެކްރިޑިޓް ކޮށްފައިވާ ސެޓްފިކެޓް ކޮޕީ)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345405 ނަމްބަރު ފޯނަށެވެ.
|