ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2019/53
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 29 އޮގަސްޓް 2019 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން

އިޢުލާން

ކ.ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން

ދިރިއުޅުމަށްޓާކައި މިރަށުން ބަންޑާރަގޯތި ދޫކުރުމަށް ކުރީގެ ހައުސިން މިނިސްޓްރީން ކުރައްވާފައިވާ ނަންބަރު: 139/2018/138/PS2-138(IUL)  އިޢުލާން ބާތިލްކޮށް އަދި އެއިޢުލާނާއި ގުޅިގެން ހުށަހެޅި ފޯމްތައްވެސް ވަނީ ބާތިލްކޮށް އަލުން ގޯތިދޫކުރުމަށް އަންގަވާފައިވާތީ ދިރިއުޅުމަށްޓަކައި މިރަށު ހިއްކި ބިމުގެ ސަރަހައްދުން 100 ގޯތި ދޫކުރުމަށް ކައުންސިލުން ކަނޑައަޅައިފީމެވެ. ގޯތި ދޫކުރެވޭނެ ގޮތާއި ނަންބަރު ހިމެނޭ ޗާޓް މި އިޢުލާނާއި އެކު މިވަނީއެވެ. މިރަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1600 އަކަފޫޓުގެ ގޯއްޗެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

  1.  ދިވެހި ރައްޔިތަކަށްވުން.

  2.  އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން.

  3.  ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާ ފަދައިން ބިމެއް ލިބިފައި އޮވެގެން ނުވާނެއެވެ.

  3.1  ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން.              

  3.2  ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން.

  3.3  އިސްވެ ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން، 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑު ބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަ ގޯތިދޫކުރުމާއިބެހޭ ޤަވާއިދު" އާއި އެއްގޮތް ވާގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވުން. އަދި އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާކަމުގެ ލިޔުމެއް ފޯމާއި އެކު ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމް ބާތިލްވާނެއެވެ.

  4.   ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެތަނުން ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވަތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން.

  5.   ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ޝަރުޢީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން.

  6.  ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިނުވުން.

ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދެވޭ ގޮތް:

1.1.    ކައިވެނީގެ ބައި:

   (ހ) މީހަކާ އިނދެގެންހުރިނަމަ                                        20 ޕޮއިންޓް

   (ށ) ކުރިން މީހަކާ އިނދެ، ކައިވެނިބރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ                15 ޕޮއިންޓް

   (ނ) ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވަނަމަ އަހަރަކަށް                        01 ޕޮއިންޓް

   (މިގޮތަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

ނޯޓް: ނަމްބަރ 01 ގައިވާ ކައިވެނި ރޫޅިފައިވާކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާންކުރުމުގެ ކުރިން ކައިވެނި ރޫޅިފައިވާ ނަމައެވެ.

2.2.އުމުރުގެ ބައި:

  (ހ) އުމުރުން 18 –35 އަހަރާ ދެމެދު ނަމަ                                  05 ޕޮއިންޓް

3.1.ދަރިންގެ ބައި:

   (ހ) 18 އަހަރުން ދަށުގެ ދަރިއަކުހުރިނަމަ                                  05 ޕޮއިންޓް

   (ށ) 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް             04 ޕޮއިންޓް

   (މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް)

   (ނ) ދާއިމީގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކުހުރިނަމަ           03 ޕޮއިންޓް

   (ރ) ދާއިމީގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ           04 ޕޮއިންޓް

      ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)

 

3.2.މައިންބަފައިންގެ ބައި:

 (ހ) މަންމަ ބަލަމުންގެންދާނަމަ                                          03 ޕޮއިންޓް

 (ށ) ބައްޕަ ބަލަމުންގެނަދާނަމަ                                          03 ޕޮއިންޓް

 (ނ) މައިންބަފައިންނާއި ދަރިންފިޔަވައި ޝަރިޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންދާނަމަ         03 ޕޮއިންޓް

 (މިބައިން ޕޮއިންޓް ދެވޭނީ މައިންބަފައިންނާ، މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކުގެ

ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ.)

3.3.ރައްވެހިކަމުގެ ބައި:

  (ހ) ރަށުގެ ރައްވެއްސެއްނަމަ                                       20 ޕޮއިންޓް

  (ށ) ރަށުގައި ދިރިއުޅޭނަމަ                                        10 ޕޮއިންޓް

  (ނ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ކ.ހިންމަފުއްޓަށް ރަށްވެހިވެފައިވާތާ 5 އަހަރުވެފައިވާނަމަ  15 ޕޮއިންޓް

  (ރ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ކ.ހިންމަފުއްޓަށް ރަށްވެހިވެފައިވާތާ 5 އަހަރުވެފައިނުވާނަމަ އަހަރަކަށް

                                                          01 ޕޮއިންޓް

3.4  ޕޮއިންޓު އުނިކުރުން

(ހ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ހުރި        7 ޕޮއިންޓު

ހަމައެކަނި ދަރިޔަކީ ގޯއްޗަށް ކުރިމަތިލާ މީހާކަމުގައިވާނަމަ

(ށ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ހުރި        7 ޕޮއިންޓު

ހަމައެކަނި ދަރިޔަކީ ގޯއްޗަށް ކުރިމަތިލާ މީހާކަމުގައިވާނަމަ

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 2500 އަކަފޫޓަށްވުރެ ކުޑަނޫން ގޯއްޗެއް             5 ޕޮއިންޓު

އޮވެފައި ބައްޕަގެ ތިބީ 02 ކުދިންކަމުގައިވާނަމަ

(ރ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 2500 އަކަފޫޓަށްވުރެ ކުޑަނޫން ގޯއްޗެއް             5 ޕޮއިންޓު

އޮވެފައި މަންމަގެ ތިބީ 02 ކުދިންކަމުގައިވާނަމަ

(ބ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއް ގޯއްޗަށް ވުރެ          10 ޕޮއިންޓު

 ގިނަ ގޯތި އޮތްނަމަ

(ޅ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއް ގޯއްޗަށް ވުރެ          10 ޕޮއިންޓު

ގިނަ ގޯތި އޮތްނަމަ

(ކ) ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަގޯއްޗެއްލިބި އެއްވެސް ފަރާތަކަށް ދޫކޮށްލާ ނުވަތަ            25 ޕޮއިންޓު

ވިއްކާފައިވާނަމަ.

(ވ) ގޯއްޗަށް އެދޭމީހާގެ (އަނބިމީހާ/ފިރިމީހާ)ގެ ނަމުގައި ބަންޑާރަގޯއްޗެއް  ނުވަތައަމިއްލަ            

ގޯއްޗެއް ލިބިފައިވާނަމަ ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަގޯއްޗެއްގައިވާ         30 ޕޮއިންޓު

ނުއުފުލޭމުދަލުން ލިބިގެން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ގޯއްޗަކުން ލިބިފައިވާނަމަ

އިތުރު ތަފްސީލް:

  • ނަމްބަރު 2.1 ގައިވާ ކައިވެނި ރޫޅިފައިވާކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ. ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދެވޭނީ، ގޯއްޗަށް އެދި ހަށަހަޅާފަރާތުން  ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.
  • ނަމްބަރު 2.2 ގައިވާ އުމުރުގެ ބައި ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙާ ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އެފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީއަށް ބަލައިގެންނެވެ.
  • ނަމްބަރު 3.1 ގެ (ށ) ގައިވާ ދަރިންގެ އަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ. މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހަށަހަޅާފަރާތުން ހަށަހަޅާފައިވާ ދަރިންގެ އުފަންދުވަސް ސެޓްފިކެޓްތަކުގެ ކޮޕީއެއް ބަލައިގެންނެވެ. އަދި ދާއިމީ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންނަށް ޕޮއިންޓް ދެވޭނީ، އެކުދިންގެ އުފަންދުވަސް ސެޓްފިކެޓް އިތުރުން އެކުދިންނަކީ ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންކަން އަންގައިދެ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
  • ނަމްބަރު 3.2 (ހ، ށ) ގައިވާ މައިންބަފައިން ބަލަމުންގެނަދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ. އަދި މި ބައިގެ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމަ، ޕޮއިންޓްލިބޭނީ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާކަމުގެ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ.
  • ނަމްބަރު 3.2 ގެ (ނ) ގައިވާ ފަދަ ޝަރުޢީ ގޮތން ބަލަންޖެހޭ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ އެ މީހަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކަށްވެފައި އެ މީހެއްގެ ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ. އަދި ޝަރުޢީ ގޮތުން ބަލަންޖެހޭ އެހެން މީހެއް ބަލަމުން ގެންދާނަމަ، ޕޮއިންޓްލިބޭނީ އެފަރާތެއް ބަލަމުންގެންދާކަމުގެ ޝަރުޢީ ލިޔުމެއް ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާނަމައެވެ.
  • ނަމްބަރު 3.3 ގެ (ހ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތަކީ، ފެށުނީއްސުރެން ހިންމަފުށީގައި ރަށްވެއްސެއްގެ ގޮތުގައި ވާ ފަރާތްތަކެވެ.
  • ނަންބަރު 3.3 (ށ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން އެރަށުގައި ދިރިއުޅޭ ފަރާތްތަކަށެވެ. ރަށުން ބޭރުގައި ދިރިއުޅެމުންދަނީ، ކިޔެވުމަށް ނުވަތަ ބޭސްފަރުވާގެ ބޭނުމަށް 6 މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެކަން ސާބިތުކުރުމަށް ބޭސްފަރުވާގެ ލިޔުމުގެ ކޮޕީ ނުވަތަ ތަޢުލީމީ ލިޔުމުގެ ކޮޕީ ނުވަތަ ވަޒީފާގެ ލިޔުމުގެ ކޮޕީ ހުށަހަޅާފައިވާނަމައެވެ. 06 މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް އެއީ ރަށުން ބޭރުގައި ދިރިއުޅެމުންދާ ފަރާތެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
  • ނަންބަރު 3.3 (ނ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ކ.ހިންމަފުއްޓަށް ރަށްވެހިވެފައިވާތާ 5 އަހަރުވެފައިވާ ފަރާތްތަކަށެވެ.
  • ނަންބަރު 3.3 (ރ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ކ.ހިންމަފުއްޓަށް ރަށްވެހިވެފައިވާތާ 1 އަހަރުވެފައިވާ ފަރާތްތަކަށެވެ. މިގޮތަށް ގިނަވެގެން ދެވޭނީ 04 ޕޮއިންޓެވެ.
  • ގޯއްޗަށް އެދިފައިވާ ފަރާތަށް 600 އަކަފޫޓަށްވުރެ ބޮޑުގޯއްޗެއް ލިބި އެ ގޯތި ދަޢުލަތަށް ދޫކޮށްލުމަށް އެއްބަސްވާނަމަ، އެކަމައިގުޅޭ އެންމެހައި ލިޔެކިޔުންތަށް ހުށަހަޅަންވާނެއެވެ.

       ގޯއްޗަށް އެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯއްޗެއް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޙާ ހަމައަށެވެ.

ގޯތިލިބޭގޮތް:

  • ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  • ގޯތި ލިބޭ މީހުން ކަނޑައެޅާނީ، ކޮންމެ ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ދެފަރާތުން އެއްބަސްވެވޭގޮތެއްގެ މަތިން ނުވަތަ ގުރުއަތުލައިގެންނެވެ.

ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

          ވީމާ، ދިރިއުޅުމަށްޓަކައި މިރަށުން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން މި އިދާރާއިން ދޫކުރާ ފޯމް ނުވަތަ މިއިޢުލާނާއެކުގައިވާ  ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުމަށް އެދެމެވެ.

          ފޯމް ދޫކޮށް ބަލައިގަންނާނީ، 24ޖުލައި 2019 އިން 29 އޯގަސްޓް 2019 ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 14:00 ގެ ނިޔަލަށެވެ.މުއްދަތު ހަމަވުމަށްފަހު އެއްވެސް ފޯމެއް ބަލައެއްނުގަނެވޭނެއެވެ.

        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

23 ޖުލައި 2019