ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A2/1/2019/42
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 08:20
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ފަންނުވެރިންނަށް ކުރިމަތިވަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ޝަކުވާ / ޚިޔާލު ހުށަހެޅުމާގުޅޭ

           ފަންނުވެރިންނަށް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅޭގޮތުން ޝަކުވާ / ޚިޔާލު ހުށަހެޅޭނެ އިންތިޒާމު ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން މިހާރުވަނީ ހަމަޖައްސާފައެވެ. އެގޮތުން ޝަކުވާ / ޚިޔާލު ހުށަހަޅާ ފޯމު މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. ފޯމު ފުރުއްވުމަށްފަހު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ އެން.ސީ.އޭއަށް ފޮނުއްވައިދެއްވުން އެދެމެވެ.

           އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3313456 ނުވަތަ 3344667 ނަންބަރު ފޯނަށެވެ.

24 ޖުލައި 2019