ދިވެހިރާއްޖެ
މި އިޢުލާންވަނީ 30 ޖުލައި 2019 14:06 ގައި ބާތިލް ކުރެވިފައެވެ.
މިއޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް 17 ޖުލައި 2019 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2019/52 އިއުލާނުގެ މަޢުލޫމާތު ބަދަލުވުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
ޢަދަދު |
އައިޓަމް |
2 |
ފަޔަރވޯލް (ލައިސެންސާ އެކު) (އިންސްޓޯލް ކުރާ ފަޔަވޯލް އާއި ގުޅުންހުރި ތަމްރީން މި އޮފީހުގެ ދެ މުވައްޒަފަކަށް ދޭންވާނެއެވެ.) |
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޖުލައި 30 ވާ އަންގާރަ ދުވަހުގެ 14:30އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 2019 އޯގަސްޓް 6 ވާ އަންގާރަ ދުވަހުގެ 14:30އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހުގެ 14:30 ގެ ފަހުން ކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް، ނުވަތަ އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.