ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14/1/2014/16
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 09:52
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ގުޑްސް ޑިކްލަރޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އޮންލައިންކޮށް ހުށަހެޅުމާއި އޮންލައިންކޮށް ފައިސާ ދެއްކުން

އިމްޕޯޓް އެކްސްޕޯޓްކުރާ ފަރާތްތަކަށް ކަސްޓަމްސްއިން ފޯރުވައިދޭ ޚިދުމަތްތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަވަސްކޮށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ގުޑްސް ޑިކްލަރޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އޮންލައިންކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، އެތަކެތި އޮންލައިންކޮށް ހުށަހެޅުމާއި، އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި، އެކަމާބެހޭ އުސޫލު (ނަންބަރު: U-004/ފ2014) 2014 ފެބުރުވަރީ 20 ވަނަ ދުވަހު ކަސްޓަމްސްގެ ވެބްސައިޓުގައި ވާނީ ޝާއިޢު ކުރެވިފައެވެ.

 އަދި ކަސްޓަމްސް ޕޯޓަލްގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް، 2014 ފެބުރުވަރީ 25 ވަނަ ދުވަހުން ފެށިގެން ގުޑްސް ޑިކްލަރޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، އޮންލައިންކޮށް ހުށަހަޅައި އޮންލައިންކޮށް ފައިސާ ދެއްކޭނެއެވެ.

ވީމާ، މިކަންކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަބީޢުލްއާޚިރު 1435

19 ފެބުރުވަރީ 2014