ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14/1/2014/15
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 09:46
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ގުޑްސް ޑިކްލަރޭޝަން ނިންމާނެ ވަގުތު ނުވަތަ ޚިދުމަތުގެ މިންގަނޑު ކަނޑައެޅުން

އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން ފޯރުވައިދޭ ޚިދުމަތްތައް އަވަސްކޮށް ލުއިފަސޭހަ ކޮށްދިނުމަށާއި ކަސްޓަމްސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހާމަކަން އިތުރުކުރުމަށްޓަކައި ޑިކްލަރޭޝަން ނިންމާނެ ވަގުތު ނުވަތަ ޚިދުމަތުގެ މިންގަނޑު ކަނޑައަޅައި 2014 ފެބުރުވަރީ 19 ވަނަ ދުވަހު ކަސްޓަމްސްގެ ވެބްސައިޓުގައި ވާނީ ޝާއިޢު ކުރެވިފައެވެ. އެ މިންގަނޑާ އެއްގޮތަށް ޢަމަލުކުރަން ފަށާނީ 2014 ފެބުރުވަރީ 25 ވަނަ ދުވަހުން ފެށިގެންނެވެ.

ޚިދުމަތުގެ މިންގަނޑުގައި ހިމެނެނީ ޑިކްލަރޭޝަނެއްގައި ހިމެނޭ އައިޓަމްތަކުގެ އަދަދުގެ ނިސްބަތުން އެ ޑިކްލަރޭޝަނެއް ކަސްޓަމްސްއިން ނިންމައިދިނުމަށް އެންމެ ގިނަވެގެން ހޭދަވާނެކަމަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ ވަގުތެވެ. ޑިކްލަރޭޝަނެއް ކަސްޓަމްސްގައި ރަޖިސްޓަރީ ވުމުން ލިބޭ "ސަރވިސް މެމޯ" ގައި، އެ ޑިކްލަރޭޝަނެއް ނިންމައިދެވޭނެ ވަގުތު ބަޔާންކުރެވިފައިވާނެއެވެ.

ޚިދުމަތުގެ މިންގަނޑުގައިވާ ވަގުތުތަކުގައި ޑިކްލަރޭޝަން ނިންމައިދިނުމުގައި އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެވޭނެއެވެ.

1.      ޚިދުމަތުގެ މިންގަނޑުގައި ކަނޑައަޅާފައިވާ ވަގުތުތަކުގައި ޑިކްލަރޭޝަން ނިންމައިދެވޭނީ ކަސްޓަމްސްގެ ޢާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޑިކްލަރޭޝަން ނިންމުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަވާނަމައެވެ. މަޢުލޫމާތު ފުރިހަމަ ނުވާނަމަ، އެ ވަގުތުން ފެށިގެން ޑިކްލަރޭޝަނަށް ވަގުތު ގުނުން ހުއްޓާލެވޭނެއެވެ. އަދި ޚިދުމަތުގެ މިންގަނޑުގައިވާ ގޮތުގެމަތިން، އަލުން ވަގުތު ގުނަން ފެށޭނީ އެމައްސަލައެއް ޙައްލުކުރުމަށްފަހު ނުވަތަ އެމަޢުލޫމާތެއް ކަސްޓަމްސްއަށް ފޯރުވައިދިނުމުންނެވެ.

2.      ޚިދުމަތުގެ މިންގަނޑުގައި ހިމެނޭ ވަގުތު ބަޔާންކޮށްފައިވަނީ އެ ޑިކްލަރޭޝަނެއް ހުށަހަޅާ ކަސްޓަމްސް އޮފީހެއްގެ މަސައްކަތްތައް ބަންދު ވަގުތުތައް ނުހިމަނައެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަބީޢުލްއާޚިރު 1435

19 ފެބުރުވަރީ 2014