މަސައްކަތް
ނަންބަރު: (IUL)438-ENV/438/2019/191
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 05 އޮގަސްޓް 2019 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (93/4)ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ ދޫނިތައް ޕޯސްޓަރ ޕްރިންޓް ކުރާނެ ފަރާތެއް ހޯދުމާއި ބެހޭ.

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

 

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (93/4)ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ ދޫނިތައް ޕޯސްޓަރ ޕްރިންޓް ކުރާނެ ފަރާތެއް ހޯދުމާއި ބެހޭ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (93/4)ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ ދޫނިތައް ޕޯސްޓަރ ޕްރިންޓް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް މި އިއުލާނާ އެކުވާ 'ޓަރމްސް އޮފް ރިފަރަންސް' އާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަށްޖެހޭ ތަކެތި:

  • މަސައްކަތުގެ އަގު
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަންއަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފްޞީލު
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

ބީލަން ހުޅުވުން

އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 05 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ 11:00 އަށެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓްގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

23 ޖުލައި 2019