މަސައްކަތް
ނަންބަރު: (IUL)NAH/NAH/2019/16
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 08 އޮގަސްޓް 2019 13:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބޯފެން ރައްކާކުރުމަށް ބޭނުންކުރާ ހަންތައް މަރާމާތު ކޮށްދޭނެ ފަރާތެއްހޯދުމަށް

ބޯފެންރައްކާކުރުމަށް ބޭނުންކުރާ ހަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިހޮސްޕިޓަލުގެ ބޯފެންރައްކާކުރުމަށް ބޭނުންކުރާ ހަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 24 ޖުލައި 2019 ވާ ހޯމަ ދުވަހުން ފެށިގެން 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ ހެނދުނު 8:30 އިން 13:30 އާއި ދޭތެރޭ މި ހޮސްޕިޓަލުގެ (ނ. އަތޮޅު ހޮސްޕިޓަލް، ރޯޝަނީމަގު) އޮފީސް ރިސެޕްޝަން އަށް ވަޑައިގެން ނުވަތަ 6560037އަށް ގުޅުއްވައި ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު  13:00ގައި ޕްރީބިޑް ސެޝަންއެއް މި ހޮސްޕިޓަލުގެ (ނ. އަތޮޅު ހޮސްޕިޓަލް، ރޯޝަނީމަގު) އޮފީހުގައި އޮންނާނެއެވެ. 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 8 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 13:00 ގައި މި ހޮސްޕިޓަލުގެ (ނ. އަތޮޅު ހޮސްޕިޓަލް، ރޯޝަނީމަގު) އޮފީހުގައި އޮންނާނެއެވެ. 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 31 ޖުލައި 2019 ވާ ބުދަ ދުވަހު މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

23 ޖުލައި 2019