ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2019/161
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 01 އޮގަސްޓް 2019 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސްޕެޝަލިސްޓް ސައިކޯތެރަޕިސްޓް

މަޤާމް :ސްޕެޝަލިސްޓް ސައިކޯތެރަޕިސްޓް
ބޭނުންވާ އަދަދު :1

އިއުލާން 

 މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް ފަރާތެކެވެ.

މަޤާމް:

ސްޕެޝަލިސްޓް ސައިކޯތެރަޕިސްޓް

މަޤާމުގެ ނަންބަރު:

J-306598

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސައިކޮލޮޖިސްޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 

ރޭންކް:

މުސާރަ:

ސަރވިސް އެލަވަންސް:

ރިސްކް އެލަވަންސް:

 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ، ސެންޓަރ ފޮރ މެންޓަލް ހެލްތް / ސައިކޯ ސޯޝަލް ސަރވިސް ސެކްޝަން

އީ.އެކްސް 1

-/8835 ރުފިޔާ (މަހަކު)

-/2500ރުފިޔާ (މަހަކު)

ރިސްކްއެލަވަންސް:-/100ރުފިޔާ(މަސައްކަތަށްހާޟިރުވާދުވަހަކަށް)

ޓެކްނިކަލް ކޯ އެލަވަންސް:2473.80 ރުފިޔާ

 (މުސާރައިގެ (28%) (މަހަކު)

 

 

މަގާމްގެ ޝަރުތާއި ރޭންކު

 

ސައިކޮލޮޖީ ނުވަތަ ސައިކޯ ތެރަޕީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަަނަދެއް ހާސިލްކޮށްފައިވުމާއެކު، ސައިކޮލޮޖ ނުވަތަ ސައިކޯތެރަޕީގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން އެލަވަންސް:

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދަންފަޅި އުސޫލުން މަސައްކަތްކުރައްވާނަމަ ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭ ފައިސާ.

  1. ނޭޝަނަލް މެންޓަލް ހެލްތް ސެންޓަރުގެ ސައިކޮލޮޖިކަލް ސަރވިސްގެ ޚިދުމަތް ޑިވެލޮޕް ކުރުމުގެ މަސައްކަތް އިސްވެރިއެއްގެ ގޮތުގައި ކުރުމާއި ބެލެހެއްޓުން.
  2. އޯޕީޑީއަށް އަންނަ ނަފްސާނީ ބަލިތަކާބެހޭ ބަލިމީހުން ސައިކޮލޮޖީގެ ޚިދުމަތް ދީ ފަރުވާދިނުން.
  3. އެނދުމަތި ކުރެވިފައިވާ ނަފްސާނީ ބަލިމީހުންނަށް ސައިކޮލޮޖީގެ ޚިދުމަތް ދީ ފަރުވާދިނުން.
  4. ސައިކޮމެޓްރިކް ޓެސްޓު މެދުވެރިކޮށާއި، އިންޓަވިއު މެދުވެރިކޮށާއި އަދި ޑައިރެކްޓް ބިހޭވިއަރ އޮބްޒަވޭޝަންގެ ޒަރިއްޔާއިން ބަލިމީހާގެ ސައިކޮލޮޖިކަލް ސްޓޭޓަސް، ނީޑްސް، އެބިލިޓީސް ނުވަތަ ބިހޭވިއަރ އެސެސްކޮށް ދެނެގަތުން.
  5. ތެރަޕީ، ކައުންސެލިންގ ގެ ޒަރިއްޔާއިން އެކިވައްތަރުގެ ބަލިމީހުންނަށް ބޭނުންވާ ޓްރީޓްމަންޓް ޕްރޮގްރާމް ތައްޔާރުކުރުން.
  6. ނަފްސާނީ ބަލިތައް ކަމުގައިވާ އެންޒައިޓީ، ޑިޕްރެޝަން، އެޑިކްޝަން، ސޯޝަލް އަދި އިންޓަރޕާސަނަލް މައްސަލަތަކާއި ޗެލެންޖިންގ ބިހޭވިއަރ ފަދަ ކަންކަން ދިމާވެފައިވާ ނަފްސާނީ ބަލިމީހުންނަށް ތެރަޕީތަކާއި އަދި ޓްރީޓްމަންޓް ދިނުން.
  7. ބަލިމީހުންގެ ރިކޯޑުތައް ގަވާއިދުން ބެލެހެއްޓުން. މިގޮތަށް ބެލެހެއްޓޭ ރިކޯޓުތަކުގެ އެހީގައި ބަލިމީހާގެ ޕްރޮގްރެސް ދެނެގަނެ މޮނިޓަރ ކުރުން.
  8. ހޮސްޕިޓަލުގެ އެހެން ސްޕެޝަލިޓީ ޑިޕާޓްމަންޓުތަކާއި ގުޅިގެން ސައިކޮލޮޖިކަލް ސަރވިސަސް ޚިދުމަތަށް ދިނުން.
  9. ޖޫނިއަރ ސްޓާފް އެސެސްމަންޓްސް އަދި ތެރަޕީ ސެޝަން ދާގޮތް ސުޕަވައިޒްކޮށް ބެލެހެއްޓުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާެއެވެ. އަދި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  4. މުއްދަތު ހަމަނުވާ ލައިސަންސް، އަދި ރެޖިސްޓްރޭޝަންގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް  ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ގާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަރވިއުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 1 އ÷ޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ  13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީrecruitment.local@igmh.gov.mv އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 އޯގަސްޓް 2019 އާއި 29 އޯގަސްޓް 2019 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.  

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

 

20 ޛުލްގައިދާ 1440

23 ޖުލައި 2019

23 ޖުލައި 2019