ދިވެހިރާއްޖެ
a
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ
ފ. ފީއަލީ،
ދިވެހިރާއްޖެ.
ނަންބަރ: (IUL)370-ESMS SC/370/2019/24
އިއުލާން |
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލުން ފ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަދަހަ މުބާރާތުގައި ފީއަލި ކައުންސިލުންގެ ފަރާތުން ބައިވެރިވުމާއި ގުޅޭ
1440 ވަނަ އަހަރު ފ.އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ރޫޙް އާލާކޮށް ދިރުވުމާޢި އެކުވެރިކަން ބަދަހިކުރުމަށް ފ.އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށް ހުޅުވާލައިގެން ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލުން ( 08 އޮގަސްޓް 2019 އިން 11 އޮގަސްޓް 2019ށް ) ބާއްވާ މަދަހަ މުބާރާތުގައި ފީއަލި ކައުންސިލްގެ ފަރާތުން ބައިވެރިވާ ގޮތަށް ވަނީ ނިންމާފައެވެ.
މިމުބާރާތުގައި ބައިވެރިވެވޭނެ ގޮފިތަކާއި އުމުރު ފުރާތައް ތިރީގައި އެވަނީ އެވެ.
މުބާރާތުގެ ގޮފިތައް
v ޖޫނިއަރ ( 12 އަހަރުން ދަށް )
v ސީނިއަރ ( 18 އަހަރުން ދަށް )
v ޢާއްމުންގެ ބައި ( 18 އަހަރުން މަތި )
v ކޮންމެ ގޮތްޕަކުންވެސް މަދުވެގެން 05 ބައިވެރިން ބައިވެރިވި ކުރަންވާނެއެވެ.
v ގްރޫޕް މަދަހަ ( ސީނިއަރ ، ޖޫނިއަރ އަދި ޢާއްމުންގެ ބައި، ކޮންމެ ގޮތްޕަކުންވެސް މަދުވެގެން 05 ބައިވެރިން އަދި ގިނަވެގެން 10 ބައިވެރިން ބައިވެރިކުރަންންވާނެއެވެ.
ކިޔާ މަދަހައިގެ މިންގަނޑު
v ކުރުވެގެން 2 ކަޑި ( މައިގަނޑާއި ނުލާ )
v ދިގުވެގެން 4 ކަޑި ( މައިގަނޑާއި ނުލާ )
ވީމާ މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރިން މަދަހަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު މި ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.
1440 K 19
22 ޖުލައި 2019
މުޙައްމަދު ޖަލީލް
ފީއަލީ ކައުންސިލްގެ ރައީސް