ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2019/194
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 04 އޮގަސްޓް 2019 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

 

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ 

 

މަގާމުގެ ނަންބަރު:

J 250842

 

ބޭނުންވާ އަދަދު:

1

 

މަގާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ.އެސް. 4

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / އެޑްމިނިސްޓްރޭޓިވް ސެކްޝަން

 

މުސާރަ:

-/5020  ރުފިޔާ

 

ސަރވިސް އެލަވަންސް:

-/1,500  ރުފިޔާ

 

ސްޕެޝަލް ޑިއުޓީ އެލަވަންސް:

-/1757 ރުފިޔާ

 

ސަޕޯޓިންގ ކޯ އެލަވަންސް:

-/700    ރުފިޔާ

 

މަގާމުގެ ޝަރުތު

  1. 'ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު އެޑްމިނިސްޓްރޭޝަންގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ   
  2. 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ   
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.    

 

 

 

  1. 1.އެގްޒެކެޓިވް ސެކްރެޓޭރިއަޓް ޔުނިޓަށް އަންނަ ލިޔެކިއުންތައް ބެލެހެއްޓުމާއި މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި ޕަރމަނަންޓް ސެކްރެޓަރީގެ ލަފާގެ މަތިން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ޖަވާބު ތައްޔާރު ކުރުން.   
  2. މިނިސްޓަރ، ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓަރގެ ނާއިބުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ އެންމެހާ ވަޞީލަތްތައް ބަރާބަރަށް ހުރޭތޯ ބެލުމާއި މަދުވާ ތަކެތި ހަމަކުރުން.  
  3. މިނިސްޓަރ،ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓަރގެ ނާއިބުންގެ ސެކްރެޓޭރިއަޓްގެ މަސައްކަތާއި، އަދި އެގްޒެކެޓިވް ސެކްރެޓޭރިއަޓް ޔުނިޓާއި ގުޅުންހުރި އިދާރީ މަސައްކަތްތައް ބެލެހެއްޓުން.  
  4. ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ ޖަވާބު ދާރީވުމަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުމާއި އެކަންތައްތަކުގެ   ރެކޯޑު  ބެލެހެއްޓުން.  
  5. މިނިސްޓަރ، ސްޓޭޓް މިނިސްޓަރުންގެ އެޕޮއިންޓްމަންޓްތައް ޝެޑިއުލްކޮށް އެ އެޕޮއިންޓްމަންޓްތަކާ ގުޅޭގޮތުން ގުޅަންޖެހޭ ފަރާތާގުޅާ އެ ޕޮއިންޓްމަންޓްތަކުގެ ޔައުމިއްޔާ ގަވާޢިދުންލިޔެ ފޮލޯއަޕް ހަދަންޖެހޭ ކަންތައްތައް  ފާހަގަކޮށް އެކަންކަން ތަންފީޛް ވަމުންދާގޮތް ބަލަހައްޓައި އެކަންކަމުގެ މަޢުލޫމާތު ކަމާބެހޭ ސިޔާސީ ބޭފުޅަކަށް އެރުވުން.  
  6. މިނިސްޓަރ، ސްޓޭޓް މިނިސްޓަރުންނާއި އަދި މިނިސްޓަރުގެ ނާއިބުން ރާއްޖެއިން ބޭރަށާއި ރާއްޖެތެރެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކާއި ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ  އެންމެހާ މަސައްކަތްތައް ކުރުމާއި އެއަރޕޯޓް މަގުން ކުރައްވާ ދަތުރުފުޅުތަކަށް އެއަރޕޯޓަށް ދާންޖެހިއްޖެ ހާލަތްތަކުގައި އެއަރޕޯޓަށް ދިއުމާއި އަދި ރާއްޖޭން ބޭރަށާއި ރާއްޖެތެރޭގެ ރަށްރަށަށް ދާންޖެހިއްޖެ ޙާލަތެއްގައި ދިއުން.  
  7. މިނިސްޓަރ، ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓަރގެ ނާއިބުންގެ ދަޢުވަތަށް ރާއްޖޭން ބޭރުން     ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ   އެންމެހާ ކަންތައްތައް ހަމަޖެއްސުމާއި ، އެ ބޭފުޅުންނަށް ދެއްވާ ރަސްމީ  ފަރިއްކޮޅުތައް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ހަމަޖެއްސުން. 
  8. މިނިސްޓްރީން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގެ ތެރެއިން މިނިސްޓަރ، ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓަރުގެ ނާއިބުން ބައިވެރިވެވަޑައިގަންނަވާ އެކިއެކި އިވެންޓް ތަކާބެހޭ މަޢުލޫމާތު އެ ބޭފުޅުންގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް މީޑިއާގެ މަސައްކަތްތައް ކުރާ މުވައްޒަފާ ޙިއްޞާ ކުރުމާއި އެކަންތައް ރަނގަޅަށް ދޭތޯބަލާ މޮނިޓަރ ކުރުން.  
  9. މިނިސްޓަރ އަދި ޕަރމަނަންޓް ސެކްރެޓަރީގެ ލަފާގެމަތިން ސެކްޓަރހެޑް މީޓިންގ ބޭއްވުމުގެ އެންމެހާ އިންތިޒާމުތައް ރާވާ ބެލެހެއްޓުމާއި އެ މީޓިންގ ތަކުގެ ޔައުމިއްޔާ ގަވާއިދުން ލިޔެ ފޮލޯއަޕް ހެދުން.  

10. މިނިސްޓަރ އަދި ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާ މީޓީންގތަކާއި ގުޅިގެން    ތައްޔާރުރަންޖެހޭ ރިފްރެޝްމަންޓް ތައްޔާރު ކުރުމުގެ އިންތިޒާމް އެޑްމިން ސެކްޝަނާ ގުޅިގެން ކުރުން.

11. އެގްޒެކެޓިވް ސެކްރެޓޭރިއަޓް ޔުނިޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ އެޑްމިން ސެކްޝަނަށް ފޮނުވުން.   

12. ޔުނިޓުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު  ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރާ މަސައްކަތްތައް ކުރުން އަދި ޔުނިޓަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި ވަގުތުން ވަގުތަށް ކަމާބެހޭ ބޭފުޅުންނަށް ރިޕޯޓް ކުރުން.

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ސަރުކާރުގެ އޮފީހެއްގެ ބިއުރޯއެއްގައި މަސައްކަތް ކޮށްފައިވުން
  1. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.  
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. 
    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
    (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 04 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 05 އޮގަސްޓް 2019 އާއި 29 އޮގަސްޓް  2019 އާއި ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު 3018329، 3018326 އަށް ގުޅުއްވުން އެދެމެވެ.

                        19 ޒުލްޤައިދާ   1440

                        22 ޖުލައި     2019    

 

22 ޖުލައި 2019