ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)280-AHR/INDIV/2019/32
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 04 އޮގަސްޓް 2019 14:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން

އިޢުލާނު

ޕްރޮޖެކްޓް އޮފިސަރ

މަޤާމް:

J-230285

މަޤާމުގެ ނަންބަރު:

1 ( އެކެއް )

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ށ.ޅައިމަގު ކައުންސިލްގެ އިދާރާ / ށ. ޅައިމަގު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު 5610.00 ރުފިޔާ

މުސާރަ:

މަހަކު 2000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

4. ސަޕޯޓިންގް ކޯ އެލަވަންސް2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ

އެހެނިހެން އެލަވަންސް:

މައިގަނޑު މަސައްކަތް

    1. ކައުންސިލްގެ އިދާރާ އަށާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހަދާ ކަނޑައެޅޭ ތާރީޚުތަކަށް ފޮނުވާ ބެލެހެއްޓުން.
    2. ހިނގަމުންދާ މަޝްރޫޢް ތަކުގެ ރިޕޯޓް ޤަޥާޢިދުންހަދާ ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވާ ބެލެހެއްޓުން.
    3. ރަށުކައުންސިލުން އެކުލަވާލާ އަތޮޅުކައުންސިލަށްފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢްތަކުގެތެރެއިން ރަށުކައުންސިލުންތަންފީޒުކުރުމަށް ރަށުކައުންސިލާ ސަރުކާރުން ޙަވާލުކުރާ  ތަރައްޤީގެ މަޝްރޫޢްތައް ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން ތަންފީޒުކުރުން.
    4. ކައުންސިލުން ހިންގަން ނިންމާފައިވާ ތަރައްޤިގެ މަޝްރޫޢްތަކުގެ ޕްރޮޖެކްޓް ޕްރޮޕޯޒަލް ތައްޔާރުކުރުން.
    5. ކައުންސިލުންހިންގާ އިޤްތިޞާދީ، އިޖުތިމާޢީ  އަދި މިނޫންވެސް ތަރައްޤީގެ މަޝްރޫޢްތައް ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެމަތިން ވިލަރެސްކޮށް އެމަޝްރޫޢް އެއް ފެށިގެން ނިމެންދެން މެނޭޖްކޮށް ހިންގާ ބެލެހެއްޓުން.
    6. މުވައްޒަފުގެ މަސައްކަތާގުޅޭ ލިޔެކިޔުންތައްސާފުތާހިރުކޮށްބެލެހެއްޓުމާއެކު، ހޯދަންބޭނުންވާވަގުތު ފަސޭހައިން ފެންނާނޭހެން ފައިލްކުރުމާއި، ފައިލްސިސްޓަމްމް ޤާއިމްކޮށް ޤަޥާޢިދުންބެލެހެއްޓުން.
    7. ސެކްޝަނަށް ނުވަތަ މުވައްޒަފުގެ މަސައްކަތަށްބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީނެގުމާއި، ބައިންޑްކުރަންޖެހޭ ލިޔެކިޔުންތައް ބައިންޑްކުރުމާއި ފެކްސްކުރުމާއި ބައެއްކަހަލަ ލިޔުންތައް ފޯމެޓްކޮށް ބެލެހެއްޓުން.
    8. އެކިއެކި ޕްރޮޖެކްޓު ތަކަށް ފަންޑު ހޯދުމަހް ކުރަންޖެހޭމަސައްކަތްތަށް ކުރުން.
    9. ކައުންސިލްގެ ހަރަކާތު ރިޕޯޓު ލިޔެ ކަމާބެހޭ ފަރާތް ތަކަށް ފޮނުވާ ބެލެހެއްޓުން.
    10. އެމީހެއްގެ ޙާއްސަ ވާޖިބްތަކުގެ އިތުރުން ދިމާވާ ކުއްލި އިމަޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ   ޙާއްސަ ކަންކަމުގައި ބައިވެރިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް:

    1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
    2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
    3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
    4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
    5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
    2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
    3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

    • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
    • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
    • މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އޯގަސްޓް 2019 ގެ 14:00 ގެ ކުރިން، ށ.ޅައިމަގު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 އޯގަސްޓް 2019 އާއި 27 އޯގަސްޓް 2019 އާ ދެމެދު، ޅައިމަގު ކައުންސިލް އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540051 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

               

22 ޖުލައި 2019