ދިވެހިރާއްޖެ
އިޢުލާނު
މިރަށު ރައްޔިތުންގެ މަސްދޯނި ދުރުރާސްތާ 7 ގެ އިންޖީނު ޓޮޕް އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.
މިރަށު ރައްޔިތުންގެ މަސްދޯނި ރަޖިސްޓްރީ ނަންބަރު G1563B-01-06-K " ދުރުރާސްތާ 7 " ގެ އިންޖީނު ޓޮޕް އޯވަރހޯލް ކުރުމުގެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)366/2019/21 ގެ އިޢުލާނާ ގުޅިގެން ބޭއްވުމަށް ހަމަޖައްސާފައިވާ މަޢުލޫމާތު ދިނުމުގެ
ބައްދަލުވުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އެކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވުމާއިއެކު މިއިދާރާއިން ތަކެތި ދިނުމުން މިމަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު
ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި
މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު
ފޮނުއްވާނަމަ ލިޔުމަކުން އެކަން މިއިދާރާއަށް އަންގަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި " ރައްޔިތުންގެ މަސްދޯނި ދުރުރާސްތާ 7 ގެ
އިންޖީނު ޓޮޕް އޯވަރހޯލް ކުރުމަށް އެދި " މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި
ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކޮށްދިނުން |
25 ޖުލައި 2019 ބުރާސްފަތި |
11:00 |
މ.ނާލާފުށީ ކައުންސިލް |
އަންދާސީ ހިސާބު ބަލައިގަތުން |
1 އޯގަސްޓް 2019 ބުރާސްފަތި |
11:00 |
މ.ނާލާފުށީ ކައުންސިލް |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.