މަސައްކަތް
ނަންބަރު: FNK-I/IUL/2019/131
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 16:19
ސުންގަޑި: 25 ޖުލައި 2019 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހއ.އިހަވަންދޫ އިންޖީނުގޭގައި ތެޔޮ ތާންގި އެއް ބަނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ގުޅޭ:

ނަންބަރު:FNK-I/IUL/2019/131

އިޢުލާން

 

ހއ.އިހަވަންދޫ އިންޖީނުގޭގައި ތެޔޮ ތާންގި އެއް ބަނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ގުޅޭ:

މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް ހއ.އިހަވަންދޫ ބްރާންޗުގައި 150،000 ލީޓަރުގެ ތެޔޮ ތާންގި އެއް ބަނުމުގެ އެންމެހާ މަސައްކަތަށް އަމިއްލަ ތަކެތީގައި ކޮަށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  01 އޮގަސްޓް 2019 ވާ ބުރާސްފަތި  ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ނުވަތަ ހއ.އިހަވަންދޫ ބްރާންޗުގައެވެ.

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

 

              18 ޛުލްޤައިދާ 1440

              21 ޖުލައި 2019

21 ޖުލައި 2019