ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 202-L/1/2019/61
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 08 އޮގަސްޓް 2019 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އަންހެން އެގްޒަމިނަރުން ހޯދުމާއި ބެހޭ

                                                   

                           އިޢުލާން

                           މިއޮތޯރިޓީން ދޫކުރާ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ އަންހެން ބޭފުޅުން ބޭނުންވެއެވެ. އިމްތިޙާނު އޮންނާނީ މިއޮތޯރިޓީން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

  • ބޭނުންވާ ޢަދަދު: 10

ޝަރުޠު

-          ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 2 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވުމާއެކު ރަނގަޅު ޞިއްޙަތެއްގައި ހުރުން.

-          ޑްރައިވިންގ ސްކޫލަކާ އެއްވެސް  ގުޅުމެއް އޮތް ފަރާތެއް ކަމުގައި ނުވުން.

 

  • އުޖޫރަ: AA1 ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ -/15 ރުފިޔާ.
  •      އެހެނިހެން ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ -/25 ރުފިޔާ.

 

              ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2019 އޮގަސްޓް 8 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ވަނަވަރާއިއެކު ސިޓީއަކުން މިއޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

                   18  ޛުލްޤައިދާ        1440

            21 ޖުލައި           2019

 

 

 

 

ދިވެހިސަރުކާރުގެ ގެޒެޓް

21 ޖުލައި 2019