ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)359-CA/INDIV/2019/10
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 04 އޮގަސްޓް 2019 13:00
ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަގާމް:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަމްބަރު:

J-310636

ބޭނުންވާ ޢަދަދު:

01(އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފެލިދެއަތޮޅު ފެލިދޫ ކައުންސިލް އިދާރާ/ ވ. ފެލިދޫ

މުސާރަ:           

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 700.00 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު

މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ހިންގުމަށް ރާވާ އެކިއެކި މަޝްރޫޢުތަކާއި މަރާމާތު މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ޕްލޭންކޮށް އިޢުލާންކޮށް ބިޑިންގ ޕްރޮސެސް ކުރިޔަށް ގެންގޮސް އެގްރީމެންޓްކުރުން.
  2. ކައުންސިލްގެ މަސައްކަތު ތާވަލްގައިވާ ހަރަކާތްތަކާއި ޕްރޮޖެކްޓްތައް ކުރިޔަށް ގެންދާނެ ގޮތްތައް ރާވާ އިންތިޒާމްތައް ހަމަޖައްސާ ނަތީޖާ ހާޞިލްކުރުމަށް މަސައްކަތްކުރުން.
  3. ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކުރެވެންހުރި ކަންކަންދެނެގަނެ ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ޕްލޭންކޮށް މަސައްކުރުން.
  4. ކޮންމެ 5 އަހަރަކުން އެކުލަވާލާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް ފޮނުވަންޖެހޭ ޢިދާރާތަކަށް މުއްދަތުގެ ކުރިން ފޮނުވުން.
  5. ކައުންސިލުން ކުރިޔަށް އޮތް އަހަރަށް ޕްލޭންކުރާ މަސައްކަތުގެ ތާވަލް ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް މުއްދަތުގެ ކުރިން ފޮނުވުން.
  6. ކޮންމެ 5 އަހަރަކުން އެކުލަވާލާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ކައުންސިލުން ނިންމަވާ ގޮތެއްގެމަތިން ރިވައިސް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމާއި އެކަމާއިބެހޭ މަޢުލޫމާތު ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުން.
  7. ތަރައްޤީ ޕްލޭންގައިވާ ހަރަކާތްތަކާއި ގުޅޭގޮތުންނާއި ކައުންސިލުން ރާވާ އެކި ޕްރޮޖެކްޓްސްތަކަށް ފައިސާ ހޯދާނެ ގޮތްތައް ރާވާ ޕްރޮޕޯސަލް ތައްޔާރުކޮށް އެހީ ހޯދުމަށް މަސައްކަތްކުރުން.
  8. ތަރައްޤީގެ ޕްލޭންއަށް އަމަލީ ސިފަ އަންނަމުންދާގޮތުގެ ރިޕޯޓް ކޮންމެ ދެމަހުން އެއްމަހު ތައްޔާރުކޮށް ޢާއްމުކުރުން.
  9. މަޝްރޫޢުތަކާއިގުޅޭ ފައިލްތައް ތައްޔާރުކޮށް ލޭބަލްކޮށް ޤަވާއިދުން ލިޔުންތައް ފައިލްކުރުން.
  10. ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާއިގުޅޭގޮތުން ހަވާލުކުރެވޭއެންމެހާމަސައްކަތްތައްކުރުން.

މަގާމުގެ ޝަރުޠުތައް:

  1. ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް އާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން، އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެމަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ:

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތު ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެސް ޗެކް ފޯމް.

ވަޒީފާއަށްއެންމެގާބިލު ފަރާތެއްހޮވުމަށްބެލޭނެ ކަންތައްތައް:

  • ތަޢުލީމް 35 އިންސައްތަ
  • ތަމްރީން 05 އިންސައްތަ
  • ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިޙާން 05 އިންސައްތަ
  • ވަޒީފާއާއިގުޅޭ މަސައްކަތު ތަޖްރިބާ 15 އިންސައްތަ
  • މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެސެންޓޭޝަން/ޕްރެކްޓިކަލްސް) 40 އިންސައްތަ

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އޮގަސްޓް2019 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިންފެލިދެއަތޮޅު ފެލިދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭއިންޓަވިއު އޮންނާނީ 18 އޮގަސްޓް2019 އާއި 22 އޮގަސްޓް 2019 އާދެމެދުގައި ފެލިދެއަތޮޅު ފެލިދޫކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

     

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6700720 ފޯނު ނަންބަރާއެވެ. ފެކްސް ކުރާނެ ނަންބަރަކީ  6700720 އެވެ. އީމެއިލްކުރާނީ [email protected] އަށެވެ.

28 ޛުލްގައިދާ 1440

21 ޖުލައި 2019

21 ޖުލައި 2019