ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MAHC/23/2019/222
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 29 ޖުލައި 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހި ބޭހާއި ކޮމްޕްލިމަންޓްރީ މެޑިސިންއާ ބެހޭގޮތުން ލަފާދޭ ފަންނީ ކޮމެޓީއެއް އެކުލަވާލުން

  އިޢުލާން

ދިވެހި ބޭހާއި ކޮމްޕްލިމަންޓްރީ މެޑިސިންއާ ބެހޭގޮތުން ލަފާދޭ ފަންނީ ކޮމެޓީއެއް އެކުލަވާލުން

 

          ދިވެހި ބޭހާއި ކޮމްޕްލިމެންޓަރީ މެޑިސިންއާ ބެހޭގޮތުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށް ލަފާދޭނެ ފަންނީ ކޮމިޓީއެއް އެކުލަވާލުމަށް ކުރި އިޢުލާން  ނަމްބަރ (IUL)23-MAHC/23/2019/188އަށް އެއްވެސް ފަރާތުން ޝައުޤުވެރިކަން ފާޅުކުރައްވާފައި ނުވާތީ  އެކޮމެޓީއަށް ކޮމްޕްލިމެންޓްރީ މެޑިސިން ދާއިރާއިން މެންބަރަކު ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

 

 

ބޭނުންވާ ދާއިރާ

ކޮންޕިލިމެންޓްރީ މެޑިސިންގެ ފަންނުވެރިން

ޝަރުޠު

  • މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ކޮންޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަންލެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވުން

ބޭނުންވާ އަދަދު

   01

މީހުން ހޮވުމުގައި މާކްސް ދެވޭނެގޮތް

  • ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން ހޯއްދަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް 50 މާކްސް
  • އެހެނިހެން ތައުލީމީ ސެޓްފިކެޓްތަކަށް 25 މާކްސް
  • ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް 25 މާކްސް (5 އަހަރާއި 10 އަހަރާ ދެމެދުގެ ތަޖުރިބާއަށް ފުލް މާކްސްދޭނީ ރޭޝިއޯއިންނެވެ.)

 

ކޮމިޓީއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ.
  2. ތަޢުލީމީ ސެޓްފިކެޓުތައް
  3. ކޮމިޓީގެ މެންބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް
  5. ވަނަވަރު

ސުންގަޑި

29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)                      

އިތުރުމަޢުލޫމާތު

   މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014480 އެވެ.

 

ވީމާ، މިކޮމެޓީގެ މެމްބަރު ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 ޖުލައި 2019 ވަނަ ދުވަހު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް ) ސިޓީ ހުށަހެޅުއްވުން އެދެމެވެ.

      

     18 ޛުލްޤައިދާ 1440

   

21 ޖުލައި 2019