ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAFA/248/2019/77
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 09:32
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތައް ކުއްޔަށް ދޫކުރުން

 

  

               

 

                                      IUL)248-CAFA/248/2019/77)

އިޢުލާން

ރުއްތައް ކުއްޔަށް ދޫކުރުން

        މިރަށު ޔޫތުސެންޓަރު ގޯތީގައި ފޯދިފައިވާ ރައްޔިތުންގެ 12  ރުއް ސިޓީލާ ނީލަމުގައި 1 އަހަރު ދުވަހަށް ވަރުވާއަށް ލިޔެދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެރުތަކުގެ 1 ( އެކެއް ) އަހަރު ދުވަހުގެ ވަރުވާ ފެށޭ އަގަކީ 500.00 ރ ( ފަސްސަތޭކަ ރުފިޔާ/- ) އެވެ. ހުށަހަޅާފައިވާ އަގަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 100.00 ރ ( އެއްސަތޭކަ ރުފިޔާ/- ) އެވެ. ބަންދު ދުވަސްތައް ނުހިމަނާ ޖެހިޖެހިގެން 2 ދުވަހު 14.00 ހިނގާއިރު ( މެންދުރު ފަހު 2.00 ޖަހާއިރު ) އެއްއަގެއް އޮވެއްޖެނަމަ، އެއަގު ހުށައެޅުއްވި ފަރާތަކަށް ރުއްތައް ވަރުވާއަށް ލިޔެދެވޭނެއެވެ. އެވަގުތަކު ހުށައެޅިފައިވާ އަގު މިއިދާރާގެ ގޯތީގެ ހުޅަނގު އިންފާރުގައި ހުންނަ ނޯޓިސްބޯޑްގައި ބަހައްޓާފައި ހުންނާނެއެވެ.

        އަދިދަންނަވަމެވެ. ރުއްތަކުގެ ވަރުވާ ކާމިޔާބު ކުރާފަރާތަކުން ރުއްތަކާއި ޙަވާލުނުވެ ދޫކޮށްލަން ބޭނުންވި ނަމަވެސް އެފަރާތަކުން ވަރުވާ ކާމިޔާބުކުރާ އަގުގެ ދެ މަސްދުވަހަށް ޖެހޭފައިސާ މިއިދާރާއަށް ދައްކަންޖެހޭނެ އެވެ.     

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

        18 ޛުލްޤައިދާ  1440

        21 ޖުލައި    2019      

 

                        

 

 

 

21 ޖުލައި 2019