ޢާންމު މަޢުލޫމާތު
ނަންބަރު: 171-I2(AMS)/IUL/2019/03
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 22:24
ސުންގަޑި:
30 ޖުލައި 2019 10:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަންކިއުން
މޯލްޑިވްސް ޕޮލިސް ސަރވިސް ގައި ބޭނުންކުރަމުން ދިޔަ ބައެއް އައި.ޓީ ސާމާނު ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިވާތީ މިތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިތަކެތީގެ ތެރޭގައި މޮނީޓަރު، ޔޫ.ޕީ.އެސް، ކީބޯޑު، މައުސް، ސީ.ޕީ.ޔޫ ކޭސިން، ޕްރޮޖެކްޓަރު އަދި ޓީވީފަދަ 28 އައިޓަމްގެ 526 ޔުނިޓް ނީލަންކިއުމަށް ވަނީ ހަމަޖެހިފައެވެ.
- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.
- ނީލަން ކިއުމަށް ކަނޑައެޅިފައިވަނީ 4 ލޮޓަކަށް ބަހާލެވި ލޮޓުތަކަށް ދެވިފައިވާ އަގުތަކަށްށެވެ.
ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ.
20 ޖުލައި 2019