ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2019/3
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 19:33
ސުންގަޑި: 23 ޖުލައި 2019 14:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 މޮނިޓަރ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މާލެ، ދިވެހިރާއްޖެ. 

އިޢުލާން

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 މޮނިޓަރ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2019 ޖުލައި 27 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން މޮނިޓަރ ކުރުމަށް އެދޭ ފަރާތްތައް) 2019 ޖުލައި 21 ވާ އާދިއްތަ ދުވަހު ހެނދުނު 09:00 ން ފެށިގެން 2019 ޖުލައި 23 ވާ އަންގާރަ ދުވަހުގެ މެންދުރު 02:00 އާ ހަމައަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މިގޮތުން މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ލިސްޓެއް (ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު އަދި ތަމްސީލުކުރާ ފަރާތް ހިމެނޭގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ. ލިސްޓު ހުށަހަޅުއްވާނީ އިންތިޚާބުގެ ކަންތައްތައް ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ މަރުކަޒު (ބައު ޖަމާލުއްދީން، ނިކަގަސްމަގު، މާލެ) ގެ ރިޝެޕްޝަނަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން ފެށިގެން މެންދުރު 02:00 ށެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

     17  ޛުލްޤައިދާ 1440

     20  ޖުލައި   2019

20 ޖުލައި 2019