ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ހއ.ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން 200 ހައުސިންގ ޔުނިޓުގެ ފުރާޅާއި ސީލިންގ ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2019/37 (25 ޖޫން 2019) އިޢުލާނުގެ ބިޑް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޙް 2019 ޖުލައި 23 ވާ އަންގާރަ ދުވަހުގެ 13:30 އަށް އިތުރުކުރެވިފައިވާކަން މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން އިޞްލާޙުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް 2019 ޖުލައި 21 ވާ އާދިއްތަ ދުވަހުގެ 09:00 އިން ފެށިގެން 2019 ޖުލައި 23 ވާ އަންގާރަ ދުވަހުގެ 11:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ޖުލައި 22 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.