ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/88/2019/32
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 18:17
ސުންގަޑި: 13 އޮގަސްޓް 2019 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކުރުމާއި ގުޅޭ

އިޢުލާން

ގަވާއިދު ނަންބަރު 2019R-1041 "ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގެ ދަށުން، މިހާ ތަނަށް "ކޮންސްޓްރަކްޝަން ޕީރިއަޑް" ގެ މުއްދަތު އިތުރުކުރުމަށް މިމިނިސްޓްރީއަށް ހުށަހަޅާފައިނުވާ ފަރާތްތަކަށް މި ގަވާއިދު އަށް ޢަމަލުކުރަން ފަށާ ތާރީޚުން 30 (ތިރީސް) ދުވަހުގެ ތެރޭގައި "ކޮންސްޓްރަކްޝަން ޕީރިއަޑް" ގެ މުއްދަތު އިތުރުކުރުމަށް މިވަނީ ފުރުޞަތު ދެވިފައެވެ. 

ވީމާ، "ކޮންސްޓްރަކްޝަން ޕީރިއަޑް" މުއްދަތު ހަމަވެފައިވާ ފަރާތްތަކުން 13 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މުއްދަތު އިތުރުކުރުމަށް އެދި ފޯމް ހުށަހެޅުއްވުމަށް އެދެމެވެ.

 

15 ޛުލްޤައިދާ 1440

18 ޖުލައި 2019