ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
|
މަޤާމު
|
ޕްރޮކިއޯމަންޓް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އޮފިސަރ
|
މުސާރައާއި ޢިނާޔަތްތައް
|
މަހަކު -/12,000 އާއި -/17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
އެޑްމިން އެންޑް ޕްރޮކިއޯމަންޓް ޑިޕާޓްމަންޓް
ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އެކައުންޓިން، ފައިނޭންސް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮކިއޯމަންޓް ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- އެކައުންޓިން، ފައިނޭންސް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮކިއޯމަންޓް ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- އެކައުންޓިން، ފައިނޭންސް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮކިއޯމަންޓް ދާއިރާގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މާލިއްޔަތު ޤަވައިދަށް އަހުލުވެރިފަރާތެއްކަމުގައިވުން
- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން،
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން،
- މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންވާ ބިޑް ތައްޔާރުކުރުމާއި، ބިޑްތަކާއި ގުޅޭ އެންމެހާ ކަންކަން ކުރުން
- ބިޑްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްޓަކައި އިވެލުއޭޝަން ކޮމިޓީއަށް ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކޮށް ކޮމިޓީގެ ޖަލްސާތައް ބޭއްވުން.
- ބިޑުތަކުގެ އިވެލުއޭޝަން ރިޕޯރޓްތައް ތައްޔާރުކުރުމާއި، ބިޑްތައް ރައްކާތެރިކޮށް، ރަނގަޅު އެރޭންޖްމަންޓެއްގެ ދަށުން ފައިލްކޮށް ބެލެހެއްޓުމާއި އެފަދަ މުހިއްމު ލިޔުންތައް އޯޑިޓްއަށް ބޭނުންވާ ހާލަތްތަކުގައި އެފަރާތަށް ހުށައެޅުން.
- އެކި ފަރާތްތަކާއި އެކު މިކޯޕަރޭޝަނުން އެއްބަސްވެވޭ އެގްރީމަންޓްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ލީގަލް ޑިޕާރޓްމަންޓާއި ގުޅިގެން އެގްރިމެންޓު ޑްރާފްޓް ކުރުވައި، އެގްރިމެންޓާއި ގުޅޭ އެޑްމިނިސްޓްރޭޓިވް އެންމެހާ މަސައްކަތްތައް ކުރުން.
- ބިޑްތައް ކާމިޔާބުކުރާ ފަރާތްތަކަށް ދޭންޖެހޭ އެވޯޑް ލެޓާރތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން.
- ކުންފުންޏަށް ބޭނުންވާ މުދާ ގަތުމުގެ އެންމެހާ މަސައްކަތް ކުރުން.
- މިކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.
- ސެކްޝަންގެ ސިޓީ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- އެޑްމިން އެންޑް ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ދުވަހުން ދުވަހަށް ހިންގުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރުން.
- ކޯޕަރޭޝަނަށް ބޭނުންވާ މުދަލާއި ޚިދުމަތް، ކަނޑައަޅާއިފައިވާ އުސޫލްތަކާ އެއްގޮތްވާގޮތުގެމަތިން ހޯދުން.
- ކޯޕަރޭޝަނަށް ހޯދާ މުދާ ލިބިގަތުމާއި، ގުދަންކުރުމާއި، ދޫކުރުމުގެ އެންމަހައި ކަންކަން ރާވައި ހިންގުމުގައި އެހީތެރިވުން.
- ކޯޕަރޭޝަނުގެ ހިންގުން އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ޚިދުމަތާއި ވަސީލަތްތައް ދިރާސާކުރުން.
- ކޯޕަރޭޝަނުގެ އޮޑިޓަރުންނަށް ބޭނުންވާނޭ އެންމެހައި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
- އެޑްމިން އެންޑް ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން.
- މިނޫންވެސް ކުންފުނިން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
- އިންޓަރވިއާއި އިމްތިޙާން
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
- ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:
|
2019 ޖުލައި 25 ވާ ބުރާސްފަތ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.
|
އިންޓަރވިއު:
|
- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2019 ޖުލައި 29 ން 2019 އޮގަސްޓް 08 އަށް ކުރިއަށް ގެންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.
|
15 ޒުލްޤައިދާ 1440
18 ޖުލައި 2019
|