ޢާންމު މަޢުލޫމާތު
ނަންބަރު: F10C-A/2019/10
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 23 ޖުލައި 2019 10:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ތްރީފޭސް ކަރަންޓް އަޅައިދީ، އިމާރާތުގެ ކަރަންޓްވަޔަރިން ބަދަލުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު F10C-A/2018/15:(03 ޖުލައި 2018( އިޢުލާނަށް ގިނަދުވަސްތަކެއް ވެފައިވާތީއާއި، މިހާރު އަމަލުކުރަމުންދާ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް މަޢުލޫމާތު ޝީޓް އިސްލާހުކުރުމަށް ބޭނުންވާތީވެ، އެ އިއުލާން ބާޠިލްކުރުމަށްފަހު، އަލުން މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިކޯޓަށް ނުވަތަ ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 10:30އަށް މިކޯޓަށް ނުވަތަ ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީތަކުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ތަނުގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

16  ޖުލައި   2019                        

   

16 ޖުލައި 2019