ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)177/1/2019/48
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 31 ޖުލައި 2019 12:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ޕްރޮޖެކްޓް އޮލިމްޕިއަންސް: 1970 ގެ ދިވެހި ޒަމާނީ މިއުޒިކް" ޕްރޮޖެކްޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

އިޢުލާނު

"ޕްރޮޖެކްޓް އޮލިމްޕިއަންސް: 1970 ގެ ދިވެހި ޒަމާނީ މިއުޒިކް" ޕްރޮޖެކްޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

 

މަޤާމް:

ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މާލެ

މުސާރަ     

42.00 ރުފިޔާ (ގަޑި އިރަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރޮޖެކްޓްގެ ޕްލޭން ތައްޔާރުކޮށް، މަސައްކަތް ދުވަހުން ދުވަހަށް ސުޕަރވައިޒްކޮށް، ހިނގާ ނުހިނގާގޮތުގެ ރިޕޯޓިންގ ޤަވާއިދުން އެން.ސީ.އޭ އަށް ހުށަހަޅަމުން ގެންދިޔުން
  2. - ޕްރޮޖެކްޓް މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒްކުރުން
  3. ޕްރޮޖެކްޓް ހިންގުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީކަންކަމުގެ އިންތިޒާމްތައް ހަމަޖެއްސުން

މަޤާމުގެ ޝަރުތުތައް:

 1. މިއުޒީޝަނުންނާއި މިއުޒިކީ އުފެއްދުންތައް މެނޭޖްކުރުމުގެ 10 އަހަރުގެ ތަޖުރިބާ   ހާސިލްކޮށްފައިވުން.

 2. މިއުޒިކް ކުޅުމުގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.

މަޤާމް:

 ކީބޯޑިސްޓް

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ވޭޖް އެމްޕްލޯއިމަންޓް (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް   ހެރިޓޭޖް، މާލެ

މުސާރަ:     

 34.00 ރުފިޔާ (ގަޑި އިރަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1.ޕްރޮޖެކްޓާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ މިއުޒިކާއި ލަވަ ރިކޯޑުކުރުން.

 2.ޕްރޮޖެކްޓްގެ ދަށުން ހިންގާ އެކިއެކި ހަރާކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.

 3.ޕްރޮޖެކްޓްގެ ދަށުން ބާއްވާ ޝޯ ތަކުގައި މިއުޒިކް ކުޅުން.

މަޤާމުގެ ޝަރުތުތައް:

 1. 1970ގެ އަހަރުގަކުގައި ދިވެހިރާއްޖޭގައި މަޝްހޫރު ސްޓައިލްތައް ދަންނަ އެ   ސްޓައިލްތަކަށް ކީބޯޑު ކުޅުމުގެ އަމަލީ ތަޖުރިބާ ހާސިލުކޮށްފައިވުން.

 2.މިއުޒިކް ޕްރޮގްރާމްކޮށް ރެކޯޑުކުރުމުގެ މަސައްކަތް ކުރުމުގެ 10 އަހަރުގެ ތަޖުރިބާ   ހުރުން.

މަޤާމް:

 ވޯކަލް އިންސްޓްރަކްޓަރ (ޓްރެއިނަރ)

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ވޭޖް އެމްޕްލޯއިމަންޓް (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް   ހެރިޓޭޖް، މާލެ

މުސާރަ:     

 50.00 ރުފިޔާ (ގަޑި އިރަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރޮޖެކްޓްގެ ދަށުން ހިންގާ އެކިއެކި މިއުޒިކު ޕްރޮގުރާމުތަކުގައި ޓްރެއިނިންގ ދިނުން.
  2. ޕްރޮޖެކްޓްގެ ދަށުން ބާއްވާ ޝޯ ތަކަށް މިއުޒީޝަނުން ތައްޔާރުކޮށްދިނުން.
  3. ޕްރޮޖެކްޓްގެ ދަށުން ބާއްވާ މިއުޒިކު ޝޯ ތަކުގައި ޕާރފޯމް ކުރުން.

މަޤާމުގެ ޝަރުތުތައް:

 1. 1970ގެ އަހަރުތަކުގެ ތެރޭގައި މިއުޒިކް ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވެ   ލަވަ ކިޔުމާއި ރެކޯޑުކުރުމުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.

 2. ލަވަކިޔުންތެރިން ތަމްރީންކުރުމުގައި އަމަލީ ގޮތުން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަޤާމް:

 ވޯކަލިސްޓް

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ވޭޖް އެމްޕްލޯއިމަންޓް (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް   ހެރިޓޭޖް، މާލެ

މުސާރަ:

 34.00 ރުފިޔާ (ގަޑި އިރަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1.ޕްރޮޖެކްޓްގެ ދަށުން ބާއްވާ ޝޯ ތަކުގައި ލަވަ ހުށަހެޅުން.

 2.ޕްރޮޖެކްޓްގެ ދަށުން ލަވައާއި މިއުޒިކް އުފައްދައި ރެކޯޑު ކުރުން. 

 3.ޕްރޮޖެކްޓްގެ ދަށުން ހިންގާ އެކިއެކި ހަރާކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.

މަޤާމުގެ ޝަރުތުތައް:

  1.  1970 ގެ އަހަރުތަކުގެ ތެރޭގައި ލަވަ ކިޔުމާއި ރެކޯޑުކުރުމުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.
  2. އަމިއްލަ ރާގާއި މިޔުޒިކް އުފެއްދުމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.

މަޤާމް:

 ގިޓަރިސްޓް

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ވޭޖް އެމްޕްލޯއިމަންޓް (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް   ހެރިޓޭޖް، މާލެ

މުސާރަ:    

 34.00 ރުފިޔާ (ގަޑި އިރަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރޮޖެކްޓާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ މިއުޒިކާއި ލަވަ ރިކޯޑުކުރުން.
  2. ޕްރޮޖެކްޓްގެ ދަށުން ހިންގާ އެކިއެކި ހަރާކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  3. ޕްރޮޖެކްޓްގެ ދަށުން ބާއްވާ ޝޯ ތަކުގައި މިއުޒިކް ކުޅުން.

މަޤާމުގެ ޝަރުތުތައް:

  1. 1970ގެ ޒަމާނީ މިއުޒިކް ސްޓައިލަށް ގިޓަރ ކުޅެން ދަންނަ އަދި ގިޓާގެ ތަފާތު އަޑުތަކާއި އިފެކްޓްތައް ޕްރޮސެސްކުރުމުގެ އަމަލީ ތަޖުރިބާ ހާސިލްކޮށްފައިވުން.
  2. މިއުޒިކް ކުޅުމާއި ރެކޯޑު ކުރުމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ  nca.gov.mv/downloads ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ  މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން   ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި   ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ   ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭމެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް   އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި   ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު   ސެޓުފިކެޓުތަކުގެ ކޮޕީ.

 7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.     

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޯވުމަށް ބޭލޭނެ ކަންތައްތައް:

 ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށްބަލައިގެން (%20)

 ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން (%50)

 ނ. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއުއިން (%30)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ ގެ 12:00 ގެ ކުރިން، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 އޯގަސްޓް 2019 އާއި 22 އޯގަސްޓް 2019 އާ ދެމެދު، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް ގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ސްކްރީން ކުރުން:

 ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުތުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުތުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުތު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3310729 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

18 ޖުލައި 2019