މަސައްކަތް
ނަންބަރު: (IUL)248-CAFA/248/2019/73
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 29 ޖުލައި 2019 11:30
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިނިއަށި 2 މަރާމާތު ކުރުން

`

  ނަމްބަރ: (IUL)248-CAFA/248/2019/73 

                                               

ފިނިއަށި 2 މަރާމާތު ކުރުން

       މިރަށު ފިނިއަށި 2 މަރާމާތު ކުރަން ބޭނުން ވެގެން ކުރި މިއިދާރާގެ ނަމްބަރ (IUL)248-CAFA/248/2019/67 (08 ޖުލައި 2019) ގެ އިޢުލާނަށް އިޖާބަދީ، އަންދާސީ ހިސާބު ހުށައަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އަންދާސީ ހިސާބު ބާޠިލް ކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

       ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:45 ގެ ކުރިން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

       މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

       އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް ފިނިއަށި 2 މަރާމާތު ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

       މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

18 ޖުލައި 2019