ދިވެހިރާއްޖެ
ދިވެހި ފަންނުވެރިންނަށް ފަރިތަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްސަދުގައި މިސެންޓަރުން ނެށުންތެރިންނަށާއި ސަގާފީ އަދި ޒަމާނީ މިއުޒިކް ގްރޫޕްތަކާއި ސޯލޯ މިއުޒީޝަނުންނަށް އޮލިމްޕަހުގައި ފަރިތަކުރާނެ ކޮޓަރި ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ފަރިތަކުރާނެ ކޮޓަރި ދޫކުރުމަށް ހަމަޖެހިފައިވަނީ 22 ޖުލައި 2019 ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގައި 13:30 ން 15:30 ށް، 16:00 ން 18:00 ށް އަދި 20:30 ން 22:30 ށެވެ. ހޮނިހިރު ދުވަހު 16:00 ން 18:00 ށް އަދި 20:30 ން 22:30 ށެވެ.
ވީމާ، ފަރިތަކުރާނެ ކޮޓަރި ބޭނުންފުޅުވާ ފަރާތްތަކުން އެން.ސީ.އޭގެ ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކުރެއްވުމަށްފަހު ފަރިތަކުރާނެ ކޮޓަރި ހޯދުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ އެން.ސީ.އޭ އަށް ހުށަހެޅުއްވުން އެދެމެވެ. ފަރިތަކުރާނެ ކޮޓަރި ހޯދުމަށް އެދި ހުށަހަޅާ ފޯމު އެން.ސީ.އޭ ގެ ރިސެޕްޝަނުން އަދި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3344667 ފޯނާއި ގުޅުއްވުން އެދެމެވެ.