ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101/2019/4
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 31 ޖުލައި 2019 14:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

އިޢުލާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަށް ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

        01 އޮފީސް އެސިސްޓަންޓް

1.  ވަޒީފާގެ މަސްއޫލިއްޔަތު

  • މަސައްކަތު ކޮންމެ ދުވަހަކު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ބީސީސީ ގެ އޮފީސް ކުނިކަހައި ފޮޅައި ސާފުރުމާއި ފެންފޮތިލުމާއި ޑަސްބިންތައް ހުސްކުރުން.
  • މަސައްކަތުގެ ކޮންމެ ދުވަހަކު އޮފީހުގެ ފާހާނާތައް ހަފްތާއަކު ތިން ފަހަރު ރީތިކޮށް ދޮވެ ސާފުކުރުން.
  • ކަނޑައެޅޭ ހަފްތާގައި އެސްޑީއެފްސީ އަދި ބީސީސީގައި ބާއްވާ އެކިއެކި މީޓިންގތަކަށް ކޮފީތައްޔާރުމާއި މީޓިންގ ނިމުމުން ކޮފީތަށިތައް ނެރެ ވަގުތުން މީޓިންގ ރޫމް ސާފުކުރުން.
  • އެސްޑީއެފްސީ އަދި ބީސީސީއިން ފޮނުވާ ސިޓީ ފަދަ ލިޔެކިއުންތައް، ކަނޑައެޅިފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުން.
  • ހަފްތާއަކު 2 ދުވަހު (އެސްޑީއެފްސީ އަދި ބީސީސީ) ގެ ބިއްލޫރި ދޮރުފަތްތަކާއި، އިލެކްޓްރިކަލް ފިޓިންގްސް، ކުޑަދޮރުތައް އަދި ޕާޓިޝަންތަކުގެ ހިރަފުސް ފޮޅާ ގްލާސް ކްލީނަރ ޖަހައިގެން ދެފަރާތުން ފޮހެ ސާފުކުރުން.
  • އެސްޑީއެފްސީ އަދި ބީސީސީގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލުކުރެވޭ ކަންކަންކޮށްދީ އެހީތެރިވުން.

 2.  ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ

  • ލިޔަންކިޔަން ދަތުމާއި، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން ސާބިތުކޮށްދިނުން.
  • މަގާމުގައި އަދާ ކުރަންޖެހޭ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 3.  މަގާމުގެ މަސައްކަތަށް ބެނުންވާ އެހެނިހެން ސިފަތައް

  • ފަރުވާތެރިކަމާއި ސާފުތާހިރު ކަމާއެކު ކަންކަން ކުރަން އެނގުމާއި މީހުންނާ މުޢާމަލާތް ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަ ހުރުން

 4.  މުސާރަ އަދި އެހެނިހެން އިނާޔަތްތައް

  •  -/6000 ރުފިޔާ (ޕެންޝަން ހިމަނައިގެން)

 5. މަސައްކަތްކުރަން ޖެހޭ ވަގުތު

  • ރަސްމީގަޑި

 6.  މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  •   ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  •   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  •   މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  •   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  •   ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ
  •   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

ސަކީނާ މަންޒިލް 3 ވަނަ ފަންގިފިލާ، މެދުޒިޔާރަތް މަގު، މާލެ

ފޯނު: 3010546 (960)+                           

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

‏ 18 ޖުލައި 2019

18 ޖުލައި 2019