ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3345262 (960)
ނަންބަރ: 153-FHTS-2019-18
އިޢުލާން
މި ފެކަލްޓީގެ ކޯލްޑް ސްޓޯރޭޖް ރޫމްގައި ހުރި ވޯލްކްއިން ޗިލާރ އާއި ފްރީޒަރތައް މަރާމާތުކުރުމާއި، އައުޓްޑޯރ ޔުނިޓްތައް އާކޮށް ސްޓޯރޭޖް ރޫމްއިން ބޭރަށް ރީލޮކޭޓް ކުރުމާއި އަދި އެރޫމް ތެރޭގައި ވައިދައުރުވާގޮތަށް އެގްޒޯސްޓްފަންކާ ހަރުކުރުމާއި، މި މަސައްކަތްތައް ފުރިހަމަ ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަމިއްލަ ތަކެތީގައި، ތިރީސް (30) ދުވަހުގެ މުއްދަތުގެ ތެރޭގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 04 ޖުލައި 2019 ގައި ކުރެވުނު ނަންބަރު 153-FHTS-2019-14 އިޢުލާނަށް އެދެވޭވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މި މަސައްކަތްތަކުގެ ތަފްސީލާއި އިތުރު މަޢުލޫމާތުތައް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ރަނގަޅަށް ބެއްލެވުމަށްފަހު، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 23 ޖުލައި 2019 ވަނަ ދުވަހުގެ 10:00 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑިޒް (ޔުނިވަރސިޓީ ދަރިވަރުންގެ ދަނާލު ކުރިމަތި) އަށް ވަޑައިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޖުލައި 2019 ވަނަ ދުވަހުގެ 15:00 އަށް މި ފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.