ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475-Admin/475/2019/109
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި: 25 ޖުލައި 2019 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަސައްކަތް

މަސައްކަތް

ފްރީ ޑިގްރީގެ މަސައްކަތާއި އަދި އެހެނިހެން މަސައްކަތް ކުރުމަށް ބޭނުންވާތީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

ޝަރުތު: މަދުވެގެން އޭލެވެލް ދެމާއްދާއިން ފާސްވެފައިވުން.

އުޖޫރަ: ދުވާލަކަށް -/200ރ

ބޭނުންވާ ޢަދަދު: 4

މުއްދަތު: 15 ދުވަސް

ނޯޓް: މިމަސައްކަތަށް މީހުން ހޮވުމުގައި ބަލާނީ މެރިޓް އުސޫލުންނާއި މިކަހަލަމަސައްކަތް ކުރުމުގެ ތަޖުރިބާގެ އިތުރުން ކުރިން އެޕްލައިކުރާ ފަރާތްތަކަށް އިސްކަން ދީގެންނެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-         އައިޑީ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް.

-         ސީވީ

-         ސެޓްފިކެޓް ތަކުގެ ކޮޕީ

-         ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް.

 

މަސައްކަތަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ވެލާނާގެ 2ވަނަފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

 

އިތުރުމަޢުލޫމާތު:   

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި މިނިސްޓްރީގެ ނަންބަރު 3341198/3341328 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.

15 ޛުލްޤައިދާ 1440

18 ޖުލައި 2019

18 ޖުލައި 2019