ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މަޤާމް: މަސައްކަތު
މަޤާމުގެ ނަންބަރު: J-229010
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް 1
މަޤާމުގެ ކުލެސިފިކެޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ ތަން: ބާރަށު ސްކޫލްގެ އޮފީސް
މުސާރަ: 3100/- ރުފިޔާ
ސަރވިސް އެލަވަންސް: 1000/- ރުފިޔާ
ސަޕޯރޓިން ކޯ އެލަވަންސް: -/1200 ރުފިޔާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ސްކޫލްގެ ގޯތިތެރެއާއި ސްކޫލްގެ ވަށައިގެންވާ މަގުތައް ކުނިކަހާ، ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.
- ސްކޫލްގައި ބާއްވާ އެކިއެކި ޖަލްސާ ތަކަށާއި، ހިންގާ އެކިއެކިޙަރަކާތްތަކަށް ތައްޔާރު ކުރަންޖެހޭ ހޯލުފަދަ ތަންތަން (މެނޭޖްމަންޓުންއަންގާ ގޮތެއްގެ މަތިން) ތައްޔާރުކުރުން. އަދި ސްކޫލްގެ ދިރާސީއަހަރުފެށެންވާއިރަށް ސްކޫލް ތައްޔާރުކުރުމުގެ ގޮތުން ޙަވާލުކުރެވޭމަސައްކަތްތައް ފަރުވާތެރި ކަމާއި އެކު ވަގުތަށް ނިންމުން.
- ޙަވާލުކުރެވިފައިވާ ކްލާސްރޫމްތަކާއި ލައިބްރަރީ، ސައެންސް ލެބް އަދިއޭ.ވީ ރޫމް ކޮންމެ ދުވަހަކު ސެޝަން ނިމުމުން ފޮޅާ ސާފުކޮށް މޮޕްލުން. އަދި ހަފްތާއަކު އެއްފަހަރު ޙަވާލުކުރެވިފައިވާ ތަންތަނުގެދޮރާއި ދޮރުފަތްތަކާއި ފަންކާތައް ސާފުކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހަކު ސެޝަން ތެރޭގައި ކުދިންގެ ފާޚާނާ ތައް ސާފުކޮށްބެލެހެއްޓުމާއި އެކު ފާޚާނާއަށް އަންނަ ދަރިވަރުންނަށް އެހީތެރިވުން އަދިސެޝަން ނިމުމުން ފާޚާނާތައް ރަނގަޅަށް ސާފުކުރުން.
- ސްކޫލްގެ ގޯތިތެރޭގައިތިބި ހިޔާދޭ ބޮޑެތި ގަސްތައް ކޮށާ ސާފުކޮށްބެލެހެއްޓުން އަދި ޢިމާރާތްތަކުގެ ދިޔަދޮވިތައް ކޮންމެ މަހަކު 1 ފަހަރުސާފުކުރުމާއިއެކު ސްކޫލްގައި ބެހެއްޓިފައި ހުންނަ ބޯފެންތާނގީތައް ސާފުކޮށްބަލަހައްޓައި ވާރޭވެހޭއިރު ދިޔަދޮވިތައް ސާފުކޮށް ތާނގީތަކަށް ސާފުވާރޭފެން ނެގުމުގެ މަސައްކަތްތައް ކުރުން.
- ކުނިނަގާ މީހުންނަށް ދަތިނުވާނޭހެން ގޯތިތެރެއިން ނަގާ ކުނިއެއްތަނަކަށް ޖަމާކޮށް، ގޯތިތެރެ ހަޑިނުވާނޭ ގޮތަށް ބެލެހެއްޓުމާއިއެކުކްލާސްރޫމް ތަކުގެ ކުނިވަށިގަނޑުތައް ކޮންމެ ދުވަހަކު އިންޓަވަލްގަޑީގައިހުސްކުރުން.އަދި ސެޝަން ނިމުމުން ހުރިހާ ޑަސްބިންތައް ހުސްކޮށް ކުނިއުކަން ރަށުކައުންސިލްއިން ކަނޑައަޅާފައިވާ ސަރަހައްދަށް ކުނިތައް އުކާލުން.
މަޤާމުގެ ޝަރުތުތައް:
- ލިޔަންކިޔަން އެގުން.
ނޯޓް: ލިޔަންކިޔަން އެގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމެއް ހުށަހެޅުމުންނެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 25ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބާރަށު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected] އެވެ.
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 25 ން 2019 ޖުލައި 31 އާއި ދެމެދުގެ ދުވަހެއްގައި މި ސްކޫލްގެ އޮފީހުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓް ކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500527 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.
14 ޒުލްޤައިދާ 1440
17 ޖުލައި 2019